ads
މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް--
ޑިޖިޓަލް ކަނެކްޓިވިޓީ ވިޝަންގެ ދަށުން މާލެ ސަރަޙައްދު ގުޅާލުމުގެ މަސައްކަތް ފަށައިފި
ޑިޖިޓަލް ކަނެކްޓިވިޓީ ވިޝަންގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މާލެ ހުޅުލެ އަދި ހުޅުމާލެ، މި ނެޓްވޯކްގެ ދަށުން ގުޅާލުމަށެވެ. މިއީ ކަނޑު ހުރަސްކޮށް ރަށްތަކެއް ނެޓްވޯކުން ގުޅުވާލުމަށް ސަރުކާރުން ގާއިމްކުރާ އެފަދަ އެންމެ ބޮޑު ނެޓްވޯކެވެ.

އަދި މިފަހަރު އެ ޕްރޮޖެކްޓްގައި 8 ކިލޯމީޓަރުގެ ސަރަހައްދެއް ގުޅުވާލުމަށްޓަކައި، 96ކޯގެ، ފުލް ރިޑަންޑަންސީ ހިމެނޭގޮތަށް އަޅާ ފައިބަރިންގް ނެޓްވޯކެއް، އެން.ސީ.އައި.ޓީން ހުޅުލެ އަދި ހުޅުމާލެއަށް އެޅުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓާގުޅޭ ގޮތުން މިނިސްޓަރު އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ މުސްތަގުބަލުގައި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ދައުލަތުގެ ކުންފުނިތަކާއި އާއްމު ވިޔަފާރިތަކަށްވެސް މިނެޓްވޯކް ބޭނުންކުރަން ހުޅުވާލާނެކަމަށެވެ. އަދި އެ ނެޓްވޯކާއެކު ސަރުކާރުން މުވާސަލާތައްކުރާ ރިކަރަންޓް ހަރަދު އެތައް ގުނައަކަށް ކުޑަކުރެވޭނެކަމަށް މިނިސްޓަރު ވަނީ ފާހަކުރައްވާ ފައެވެ.

މީގެ އިތުރުން މިނިސްޓަރު މަލީހު ވިދާޅުވީ ބްރިޖް އަދި މަގުހެދުންފަދަ ގައުމީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ކަރަންޓާއި ފެނާއި ނަރުދަމާ އަދި ފެންހިންދާ ނިޒާމުތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، މުވާސަލާތީ ނެޓްވޯކްތަކަށް ބޭނުންވާ ޑަކްޓް ސިސްޓަމާއި ކޭބަލް މެނޭޖްމަންޓް ސިސްޓަމްތައް ގާއިމްކުރުމަކީ ފަހުން މުއާސަލާތީ ހިދުމަތް ފުޅާކުރުމުގައި ހަރަދުކުޑަ އަދި ކޮށްފައިވާ އުމްރާނީ މަސައްކަތަކަށް ގެއްލުންކުޑަވާނެ ކަމެއް ކަމަށެވެ.

މިނިސްޓަރު މަލީހް ވަނީ އެ ޕްރޮޖެކްޓްގެ މަސައްކަތްތައް ތަންފީޒުކުރުމުގައި ކަމާ ގުޅުންހުރި އިދާރާތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެ ކަމަށް ޝުކުރު ވެސް އަދާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް