ads
ފުވައްމުލައް އަތިރިމަތީގައި މީހުން ޖަމާވެފައި-- ފޮޓޯ: ރަސްގެފާނު
ފުވައްމުލަކުގައި އިތުރު 1 ހަފްތާއަށް ކާފިއު ދަމަހައްޓައިފި
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަށް އިތުރު 1 ހަފްތާއަށް ދަމަހައްޓަން ނިންމައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއެކުރައްވައި އެޗްޕީއޭއިން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިމަހުގެ 12 ވީ ހުކުރު ދުވަހު ފުވައްމުލަށް ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު 1 ހަފްތާގެ މުއްދަތަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ. 

ފުވައްމުލަކުން ކޮވިޑްގެ ކޭސްތައް ފެނި އެސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 04:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމުގެ އިތުރަށް، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި މީގެއިތުރުންވެސް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް