ads
އަލްހާންގެ ޓޯން ބޮޑީ
އަލްހާންވެސް އޭނާގެ "ޓޯން ބޮޑީ" ދައްކާލައިފި
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޓޯން ބޮޑީއަށްފަހު މިފަހަރު މިއޮތީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހްމީގެވެސް "ޓޯން ބޮޑީ" ބަލާލުމުގެ ފުރުސަތު ލިބިފައެވެ.

މަހްލޫފް ވަނީ މީގެ ދެ ދުވަސް ކުރިން އޭނާގެ ފުރިހަމަ ހަށިގަނޑުގެ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އެދުވަހު އަލްހާން ވަނީ އެޓްވީޓަށް ކުރި ރިޕްލައެއްގެ ގޮތުގައި އޭނާގެ ޓޯން ބޮޑީވެސް ދައްކާލާފައެވެ. އެއަށް ށްފަހު އިއްޔެވެސް އޭނާގެ ފުރިހަމަ ހަށިގަނޑު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު ވަކި މަހްލޫފަކަށް ދުލެއް ނުކުރެއެވެ.

މީގެ ހަތް އަހަރު ކުރިން އޭނާގެ ބުރަކަށްޓަށް ދިން ވަޅީގެ ހަމަލާއިން ލީ ލަކުނުގެ ފޮޓޯއަކާ އެކު ހިއްސާކުރި މި ފޮޓޯގަނޑުން ފެންނަގޮތުން ކަަސްރަތުކޮށް ހަށިގަނޑަށް ގެނެއި ބޮޑު ބަދަލާ އެކު އެ ލަކުނުވެސް ވަނީ މުޅިން ފަސޭހަވެ ހަށިގަނޑަށް އިތުރު ރީތިކަމެއް ގެނުވާދޭ ފާހަގައަކަށް ވެފައެވެ. 

އަލްހާން ވިދާޅުވެފައިވަނީ އޭނާއަށް ލިބުނު އެއަނިޔާއިން އިރާދަކުރެއްވިޔާ އަރައިގަންނާނީ ވަރުގަދަކަމާ އެކު ކަމަށެވެ. 

ބައެއް މީހުންނަށް ހީވާގޮތުން "ޓޯން ބޮޑީއެއް" ހޯދުމަށް ކުރަންޖެހޭ ކަމަކީ ކަސްރަތުކުރުމެވެ. އެހެންނަމަވެސް ފުރިހަމަ ސިއްހަތެއްގައި އަދި ފުރިހަމަ ހަށިގަނޑެއް ހޯދަން ހަމައެކަނި ކަސްރަތު ކުރުމަކުން ވެސް ނުފުދެއެވެ. ތިމާގެ ކެއުމާއި ނިދުމާއި ދިރިއުޅުމުގެ ގިނަ ކަންތައްތަކަަކަށް ބަދަލު ގެންނަން ޖެހެއެވެ. އެހެންކަމުން މިއީ ދުލުން ބުނެލުމަށްވުރެ މާ ބުރަ އެކަމަށްޓަކައި ގިނަ މަސައްކަތްތަކަކާއި ވަގުތު އަދި ހިތްވަރު ބޭނުންވާ ކަމެކެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް