ads
ޖާންވީ ކަޕޫރު--
މީހުންނަށް އެހީވާ މަންޒަރުތައް އާންމު ނުކުރާން ޖާންވީ އެދިއްޖެ
މަގުމަތީގައި ދިރިއުޅޭ ކުދިންނަށް އެހީވާ ވަގުތު ފޮޓޯ ނަގައި ނުހެދުމަށް ބޮލީވުޑުގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު ބުނެފި އެވެ.
މަގުމަތީގައި ދިރިއުޅޭ ކުދިންނަށް އެހީވާ ވަގުތު ފޮޓޯ ނަގައި ނުހެދުމަށް ބޮލީވުޑުގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު އެދެފި އެވެ.

ޖާންވީ އެކަމަށް އެދި ވާހަކަ ދެއްކީ މަގުމަތީގައި ދިރިއުޅޭ ކުއްޖަކަށް ކާނެ އެއްޗެހިތަކެއް ދިން ވަގުތު ޕަޕަރާޒީން ފޮޓޯ އާއި ވީޑިއޯ ނަގަން މަސައްކަތް ކުރުމުންނެވެ. އެގޮތުން ކޮންމެ ވަގުތަކު ފޮޓޯ ނަގައި ހެދުމުން ވަރަށް އަޖައިބު ކުރުވާ ކަމަށާއި ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އެގޮތަށް ފޮޓޯ ނުނެގުމަށް ޖާންވީ ވަނީ ޕަޕަރާޒީންގެ ކިބައިން އެދިފަ އެވެ.

މީގެ ކުރިން ވެސް ޖާންވީ މަގުމަތީގައި ދިރިއުޅޭ މީހުންނަށް އެހީވާ މަންޒަރު ފެންނަ ފޮޓޯތައް ޕަޕަރާޒީން އާންމުކޮށްފައިވެއެވެ. އެގޮތުން އެފަދަ ފޮޓޯތަކަށް އާންމުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮމެންޓުތަކެއް ވެސް ލިބިފައިވެއެވެ.

ޖާންވީގެ ހިތްހެޔޮ އެ އަމަލުތަކުގެ ސަބަބުން އޭނާގެ މަންމަ، ޝްރީދޭވީ މަރުވެފައިވީ ނަމަވެސް އުފާކުރާނެ ކަމަށް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ޖޯހަރުގެ ފިލްމު، ދަޅަކްއިން ބޮލީވުޑަށް ތައާރަފުވި ޖާންވީ ކަޕޫރު، މިހާރު މަސައްކަތް ކުރަމުން އަންނަނީ ކާގިލް ގާލް އެވެ. އެ ފިލްމަކީ ކާގިލް ހަނގުރާމަ ހިނގާދިޔަ ދުވަސްވަރު އިންޑިއާގެ އެއާފޯސްގައި މަސައްކަތް ކުރި ހަމައެކަނި އަންހެން މީހާ، ގުންޖަން ސަކްސޭނާގެ ހަޔާތަށް ނެރޭ ފިލްމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް