ads
އައްޑޫ ސިޓީ
އައްޑޫ ކުލަސްޓާ: ޕޮޒިޓިވްވި މީހުންގެ އަދަދު 64 އަށް
އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 64 އަށް އަރައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުން މިހާތަނަށް އައްޑޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 64 މީހުންނެވެ. އެއީ އިއްޔެ އަލަށް ޕޮޒިޓިވްވި މިހާ ހިމަނައިގެން ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

އަދި މިހާތަނަށް އައްޑޫގައި 214 އިމާރާތެއް ކަރަންޓީނުގެ ހާލަތަށް ގެނެސްފައިވާއިރު އެ ސިޓީގައި ޕޮޒިޓިވްވި ފަރާތްތަކުގެ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 345 މީހަކު ދެނެގަނެވިފައިވާ ކަމަށް ވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން އައްޑޫ ހުޅުދޫ މީދޫއިން 26 މީހުން ޕޮޒިޓިވްވެފައިވާއިރު، ހިތަދޫއިން 20 މީހުން އަދި ފޭދޫއިން 14 މީހަކު ޕޮޒިޓިވްވެފައިވާއިރު އައްޑޫގެ މަރަދޫއިންނާއި މަރަދޫ ފޭދޫއިންއެއްވެސް ޕޮޒިޓިވް ކޭސްއެއް ފެނިފައެއް ނުވެ އެވެ. އަދި ދުވާލެއްގެ މައްޗަށް އައްޑޫގައި 157 ސާމްޕަލް ނަގަމުން ގެންދާ ކަމަށް ވެސް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

އަލަށް ޕޮޒިޓިވްވި މީހާއާ އެއްކޮށް އައްޑޫއިން 64 މީހުން ޕޮޒިޓިވްވެފައިވާއިރު އެ ސިޓީގައި މި ބަލި ފެތުރެން މެދުވެރިވީ މާލެއިން އެ ސިޓީއަށް ހާއްސަ ހުއްދައިގެ ދަށުން ދިޔަ ބައެއްގެ ތެރެއިން ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް