ads
ޑރ. މުހައްމަދު މުއިއްޒު--
ފްލެޓް މައްސަލާގައި މުއިއްޒުގެ ކަންބޮޑުވުން: މިއީ ސަރުކާރުން ދިން އަނިޔާއެއް!
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ އެއް ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ތެރެއިން އަލަތު ކައިވެނީގެ ކެޓަގަރީގެ ފްލެޓް ތަކަށް ސަރުކާރުން ކަންކޮށްފައިވާ ގޮތާއިމެދު، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޒިއްޒު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މުއިއްޒު ނުރުހުން ފާޅުކޮށްފައިވަނީ، އަލަތު ކައިވެނީގެ ކެޓެގަރީގެ ދަށުން އަޅާފައިވާ ގިނަ ފްލެޓްތަކެއް މިސަރުކާރުން ކުންފުންޏެއް ހަދައި އެހެން ބަޔަކަށް ވިއްކާލިކަމަށް ތުހުމަތު ކުރައްވަމުންނެވެ. 

އެގޮތުން މުއިއްޒު ވިދާޅުވީ، އަލަތު ކައިވެނީގެ ކެޓެގަރީގެ ދަށުން އަޅާފައިވާ ގިނަ ފްލެޓްތައް މިސަރުކާރުން ކުންފުންޏެއް ހަދައި އެހެން ބަޔަކަށް ވިއްކާލި ވިއްކާލުމަކީ، އެ ކެޓަގަރީން ފްލެޓް ލިބޭނެކަމުގެ ދާއިމީ ލިސްޓުގައި ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ރައްޔިތުންނަށް މިސަރުކާރުން ދިން އަނިޔާއެއް ކަމަށެވެ. އަދި އެއީ އެފަރާތްތަކަށް ސަރުކާރުން ވީ ބޭއިންސާފެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވިޔަފާރި އުސޫލުން ހިންގާތީ މުއިއްޒު ވަނީ މީގެކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވިޔަފާރި އުސޫލުން ހިންގޭނީ ރަށްރަށުގެ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ފައިސާ ހޯދައިގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދާދިފަހުން ވިދާޅުމާއެެކު މުއިއްޒުވަނީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން މުއިއްޒު ވިދާޅުވީ، ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް އިންސާނީ ހައްގެއް ކަމަށާއި އެ ހައްގު ކަށަވަރުކޮށްދިނުމަކީ ސަރުކާރެއްގެ އެންމެ މަތީ ޒިންމާ ކަމަށެވެ. އަދި އެކަމަކީ ހަމައެކަނި ވިޔަފާރި އުސޫލުން ކުރެވޭ ކަމެއް ސަރުކާރުން ދެކޭނަމަ އެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ނުދެކޭނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް