ads
ފޮޓޯ:ޓްވިޓާ
އިންޑިއާ އާއި ދައުލަތުގެ މީޑިއާއާ ދެެމެދު ގުޅުން ބަދަހިކުރަން އެއްބަސްވެއްޖެ
އިންޑިއާ އާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އާއިއެކު މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު އާއިއެކު ޕޮރިން މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމަކަށް އައަިސްފައިވަނީ އިންޑިއާގެ މީޑިއާއެއް ކަމަށްވާ "ޕްރަސާރް ބާރްތީ"އާއިއެކު އެވެ.  

ޕީއެސްއެމްގެ ފަރާތުން އެ އެއްބަސްވުމާއި ހަވާލުވެފައިވަނީ ޕީއެސްމްގެ މެނޭޖިން ޑިރެކްޓާ އަލީ ހާލިދުއެވެ. އެ އެއްބަސްވުމާއިއެކު "ޕްރަސާރް ބާރްތީ"އާއި ޕީއެސްމްއާއި ދެމެދު މީޑިއާގެ ދާއިރާއިން ކުރިއަށް އޮތްތާގައި ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކުރެވިގެންދާނެ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިންޑިއާ އާއި ރާއްޖެއާ އާ ދެމެދު މީޑިއާގެ ދާއިރާއިން އެކި މައުލޫމާތުތައް ބަދަހި ކުރެވިގެންދާނެ އެވެ. 

މިއަދުގެ މި ރަސްމިއްޔާތުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. އަދި މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއުތަކެއް އިފްތިތާހް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ. މިއީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން ރާއްޖެއަށް ވަޑައިގަންފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް