ads
ފޮޓޯ: ޓްވިޓާ
ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން އިންޑިއާއިން 40 މިލިޔަން ޑޮލަރުގެ އެހީއެއް!
ރާއްޖޭގެ ކުޅިވަރު ކުރިއަރުވާ ތަރައްގީކުރުމަށް އިންޑިއާއިން 40 މިލިއަން ޑޮލަރުގެ ލޯން އެހީ ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް. ޖެއިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މާލެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޖެއިޝަންކަރު ވިދާޅުވީ، މިދިއަހަރުގެ ނޮވެމްބަރު މަހުގެ ތޭރޭގައި ސިންތެޓިކް ޓްރެކް ގެ ބިންގާ އިންޑިއާގެ ފޮރިން ސެކެރެޓަރީ އަޅުއްވައިދެއްވިކަމަށާއި އަދި މި ނިމުނު މަސްތެރޭ ވަނީ ސިންތެޓިކް ޓްރެކް ހުޅުވިގެން ގޮސްފަކަމަށެވެ. 

 ޖެއިޝަންކަރު ވިދާޅުވީ ދިވެހިރާއްޖެއަކީ ހަމައެކަނި ގުދުރަތީ ރީތިކަން ލިިބިގެންވާ ގައުމެއް ނޫންކަމަށާއި ރާއްޖެއަކީ ޒުވާން މޮޅެތި ހުނަރުތަކެއް ލިބިގެންވާ ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށެވެ. އެކަމުގެ އެއްމެ ވަރުގަދަ ހެއްކެއް ފެންނާނެތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށް ޖެއިޝަންކަރު ވިދާޅުވިއެވެ. ޖެއިޝަންކަރު ވަނީ އިންޑިއެން އޯޝަން އައިލެންޑް ގޭމްގައި ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައިވާކަން ފާހަގަކުރައްވާ ތައުރީފު ކުރައްވާފައެވެ. 

ސައުތު އޭޝިއާގެ އެންމެ ހަލުވި ދުވުންތެރިއާގެ ލަގަބު ހޯދާފައިވާ އަހްމަދު ސާއިދުއަކީވެސް ދިވެހި ރައްޔިތެއްކަމަށާއި ސާއިފުގެ ޓްރޭނިން އިންޑިއާއިން ފުރުހަަމަކޮށްފައިވާކަމީ އުފާކުރައްވާ ކަމެއްކަމަށް ޖެއިޝަންކަރު ވިދާޅުވިއެވެ. 

ރައީސް ސޯލިހް ކުޅިވަރު ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވާ ޖެއިޝަންކަރް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައިވެސް ރައީސް ސޯލިހް ކުޅިވަރު ކުރިއެރުވުމަށް ކުރަން ނިންމާފައިވާ ގިނަ މަޝްރޫއުތަކެއް ފާހަގަކުރައްވާފައިވާތީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި ރާއްޖޭގެ ހުނަރުވެރި ކުޅުންތެރިން ކުރިއަރުވާ ކުޅިވަރު ތަރައްގީކުރުމަށް އެހީވެދިނުމުގެ ގޮތުން އިންޑިއާއިން 40 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށެެވެ. އަދި އެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށާއި އެ ލޯނު އެހީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ދެވޭ އެހީއެއް ކަމަށް ޖައިޝަންކަރް ވިދާޅުވިއެއެވެ. 

ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށްވެސް ހާއްސަ ސަމާލުކަމެއް އިންޑިއާއިން ދެމުން އަންނަކަން ފާހަގަކުރައްވަމުން ޖެއިޝަންކަރް ވަނީ އަވަސް މުސްތަގުބަލެއްގައި ރާއްޖޭގެ ކްރިކެޓް ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ޗެންނާއީގައި ފެށިގެންދާނެ ކަން ހާމާކުރައްވާފައެވެ. 

ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާއިން މީގެ ކުރިންވެސް ވަނީ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް