ads
ފޮޓޯ:ޓްވިޓާ
ރާއްޖޭގެ ޒުވާނުންގެ ބާރުވެރިކަން ދައްކައިދޭ ތަނަކީ މަޖިލިސް: ޑރ. ޖެއިޝަންކަރު
ރާއްޖެއަކީ ހުނަރުވެރި، ބާރުވެރި ޒުވާނުން ދިރިއުޅޭ ގައުމެއް ކަަމަށާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޒުވާން މެންބަރުންނަކީ އެކަމަުގެ ހެއްކެއް ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް. ޖެއިޝަންކަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް. ޖެއިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މާލެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޖެއިޝަންކަރު ވިދާޅުވީ، ދިވެހިރާއްޖެއަކީ ހަމައެކަނި ނޫވިލު ކަނޑުތަކުގެ ރީތަކަން ލިިބިގެންވާ ގައުމެއް ނޫންކަމަށާއި ރާއްޖެއަކީ އާދަޔާހިލާފު ހުނަރުތަކެއް ލިބިގެންވާ ޒުވާން ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށެވެ. 

އެކަމުގެ އެއްމެ ވަރުގަދަ ހެއްކެއް ފެންނާނެތަނަކީ ރައްޔިތުންގެ މަޖިލީސްކަން ފާހަގަކުރައްވަމުން ޑރ. ޖެއިޝަންކަރް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޒުވާން މެންބަރުންނަކީ ރާއްޖޭގައި އޮތް ޒުވާނުންގެ ބާރުވެރިކަން ދައްކުވާދޭ ހެއްކެއް ކަމަށެވެ. 

އަދި އެމަނިކުފާނު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި މިވަގުތު އޮތް ވަރުގަދަ ސިޔާސީ ޕަޓީތައް ތަމްސީލްކުރައްވާ މެންބަރުންނާއި ވާހަކަދައްކާލަން ފުރުސަތު ލިބިގެންދާނެ ކަމީ އެމަނިކުފާނަށް ލިބިގެންދާ ނުހަނު ބޮޑު ޝަރަފެއްކަމަށް ޑރ. ޖެއިޝަންކަރް ވިދާޅުވިއެވެ. ރާއްޖޭގެ ޑިމޮކްރަސީ ތަމްސީލް ކުރައްވާ ބޭފުޅުންނަކީ މަޖިލީހުގެ މެންބަރުންކަމަށާއި މަޖިލީހުގައި ކުރައްވާ މަސައްކަތާއި، ގައުމަށް ހިދުމަތްކޮށްދިނުމަށް ހުންނަ ޝައުގުވެރިކަން ކަމަށެވެ. އަދި ރާއްޖެ ހިޔާރުކޮށްފައިވާ ޑިމޮކްރަސީގައި ރާއްޖެއާއިއެކު އިންޑިއާ ދެމިހުންނާނެ ކަަން ޑރ. ޖެއިޝަންކަރް ފާހަގަކުރެއްވިއެވެ.

ޑރ. ޖެއިޝަންކަރުގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދަށްވެސް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދަކީ އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ނަމޫނާއެއް ކަމަށާއި އެމަނިކުފާނަކީ ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ނަމޫނާއެއް ކަމަށް ޑރ. ޖެއިޝަންކަރު ވިދާޅުވިއެވެ. އޭގެ އިތުރުން ކުރިކެޓާއި، ޓެނިސް އަދި ހޮކީއަށް ރައީސް ނަޝީދުގެ ޝައުގުވެރިކަން ހުންނަ މިންވަރު އެގިލައްވާކަން ޑރ. ޖެއިޝަންކަރު ވަނީ ފާހަގަކުރައްވާފައެވެ.    

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ޑރ.ޖެއިޝަންކަރް ވަނީ ކުޅިވަރުގެ ދާއިރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވާ އެކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް 40 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ދޭން ނިންމާފައިވާކަންވެސް ހާމަކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް