އެންފީލްޑްގައި އެވަޓަން އަތުން ލިވަޕޫލް ބަލިވުން މިއީ ވޭތިދެ ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އެންފީލްޑްގައި އެވަޓަން މޮޅުވި ފުރަތަމަ ފަހަރެވެ. ހޮނިހިރު ދުވަހުގެ ރޭ ކުރިން، އެވަޓަން އެންމެ ފަހުން އެންފީލްޑްގައި ލިވަޕޫލް އަތުން މޮޅުވެފައިވަނީ ނަވާރަ ސަތޭކަ ނުވަދިހަ ނުވަވަނަ އަހަރުއެވެ.
ހޮނިހިރު ދުވަހުގެ މެޗުގައި މެޗުގެ ވަރަށް ކުރީކޮޅު އެވަޓަންއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ތިންވަނަ މިނިޓްގައި މި ލަނޑު ޖެހީ ރިޗާލިސަން އެވެ. ލިވަޕޫލް ކޮޅަށް ދެވަނަ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ގިލްފީ ސިގަޑްސަންއެވެ.