ads
ޕެޓްރޯލް ޝެޑެއް-- ފޮޓޯ: ރާއްޖެ އެމްވީ
ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
އެސްޓީއޯ އިން ވިއްކަމުން އަންނަ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި އެވެ.

ތެލުގެ އަގަށް ގެނައި ބަދަލު ހިއްސާކޮށް، އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތާ ދުވަސްތަކެއްވެފައިވާ ކަމަށާއި އެގޮތުން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ވެސް އުފުލިފައިވާ ކަމަށެވެ. 

އެހެންވެ އެސްޓީއޯ އިން ވިއްކަމުން އަންނަ ތެލުގެ އަގު ވެސް އުފުލިފައިވާކަން ހާމަކޮށް އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ލިބޭނީ 9.19 ރުފިޔާ އަށް ކަމަށެވެ. އަދި ޕެޓްރޯލް ލީޓަރެއްގެ އަގު އުޅެނީ 8.44 ގަ އެވެ. 

މީގެ ކުރިން އެސްޓީއޯ އިން ވަނީ އެކި ފަހަރު މަތިން ތެލުގެ އަގު ހެޔޮ ކޮށްފަ އެވެ. އެގޮތަށް ހެޔޮ ކުރަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެސް ހެޔޮވުމާއެކު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް