ads
މިނިސްޓަރު ޝާހިދު، ބޮޑުދައިތައާއެކު--
މިނިސްޓަރު ޝާހިދުގެ ބޮޑުދައިތަ އަވަހާރަވެއްޖެ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބޮޑުދައިތަ އަވަހާރަވެއްޖެއެވެ.

މިނިސްޓަރު ޝާހިދުގެ ބޮޑުދައިތަ، ހައްވާ ޖަމީލް (މ.ދަރަވަންދޫގެ އުތުރުގެ) އަވަހާރަވެފައިވަނީ މިއަދު ހެނދުނު 8:14 ހާއިރުއެވެ. 

މިކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަނާ އަވަހާރަ ވެފައިވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހު އާލާސްކަންފުޅުގައި އުޅުއްވުމަށްފަހުއެވެ. 

އެކަމަނާ އަކީ މިނިސްޓަރު ޝާހިދުގެ ބޮޑުދައިތަގެ އިތުރުން، ދަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރު ހައްވާ ނަޒްލާގެ މާމަ ވެސްމެއެވެ. 

އެކަމަނާގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް