ads
ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
1.19 ބިލިއަން ރުފިޔާގެ އައްޑޫ މަގު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފި
އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ (އެލްއޯސީ) ދަށުން އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެ މަޝްރޫއު ހަވާލުކޮށްފައިވާ އެފްކޯންސް އިންސްފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝް އެވެ. 

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަަސައްކަތްތަކަށް ބަލާއިރު  އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި އެގޮތަށް ގާއިމު ކުރެވޭ ފެންހިންދާ ނިޒާމުގެ ޖުމްލަ ދިގުމިނަކީ ގާތްގަނޑަކަށް 10 ކިލޯމީޓަރު ހުންނާނެ އެވެ.

އެމަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40
ކިލޯމީޓަރުގެ މަގުގައި ތާރު އަޅަން ހަމަޖެހިފައިވާއިރު ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީ.އެސް.ބީ) ލެއާ އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. 

އަދި އެ ސީ.އެސްބީ ލޭޔާގެ މަގްސަދަކީ ގާއިމްކުރެވޭ ފެންހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށް ކަމަށާއި މިހާރު ތާރުއަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރު މަގުގެ ރީސާފޭސިން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެ އެވެ.

އޭގެ އިތުރުން، ތަރައްގީކުރެވޭ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމްކުރެވޭނެ އެވެ. އަދި އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑިއަށް ނާރާގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އާ 4 ލެންގެ ޑީޓުއާ ލިންކް ރޯޑެއް ގާއިމުކުރާނެ އެވެ. 

މިއަދު ހަވާލުކުރި އެ މަޝްރޫއަކީ 730 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަޝްރޫއު އެކެވެ. އަދި އެ މަޝްރޫއަށް 1.19 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް