ads
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިންޑިއާގެ ފޮރިން މިނިސްޓަރު ކުރެއްވި އުހުތިރާމުގެ ޒިޔާރަތުގެ ތެރެއިން..
އިންޑިއާއިން ދިން އެހީތެރިކަމަށް ރައީސް ޝުކުރު ދަންނަވައިފި
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ދިން އެހީތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު ދަންނަވައިފިއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ދިން އެހީތަކަށް ރައީސް ޝުކުރު ދެންނެވީ މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރު އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގައެވެ. 

މި މަޝްވަރާތަކުގައި ރައީސް ވަނީ، އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ދިން އެހީތަކަށް، ދިވެހި ރައްޔިތުންގެ ނަމުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި، އިންޑިއާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ. އަދި އެމަނިކުފާނުވަނީ، ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ފަރާތުން ރާއްޖެއަށް ކޮވިޑް ވެކްސިންގެ އިތުރު އެއް ލައްކަ ޑޯޒް ހަދިޔާކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ. 

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ވެދިން އެހީތަކުގެ ތެރޭގައި، ކޮވިޝީލްޑްގެ އިތުރު އެއް ލައްކަ ޑޯޒް ހަދިޔާކުރުމުގެ އިތުރުން، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް 40 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށާއި، ޑިފެންސް ދާއިރާ ތަރައްގީ ކުރުމަށް އުތުރުތިލަފަޅުގައި ނޭވީ ބަނދަރެއް ތަރައްގީ ކުރުމަށާއި، އަދިވެސް އިތުރު އެހީތައް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް