ads
އިދިކޮޅު ކޯލިޝަނުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އާއި ބައްދަލުކުރެއްވުން..
އިދިކޮޅުން އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި
އިދިކޮޅު ޕީޕީއެމް، ޕީއެންސީން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައިފި އެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގެންފައިވާއިރު މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި މިއަދު މެންދުރު ވަނީ އިދިކޮޅުގެ އިސް ފަރާތްތަކާއި ބައްދަލުކޮށްފަ އެވެ. 

އިދިކޮޅުން ބުނީ މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ކޯލިޝަން ހިންގަން ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ކަމަށެވެ. އެމަނިކުފާނުގެ އަރިހުގައި ލީޑާޝިޕް ގްރޫޕްގެ މެންބަރުން ކަމުގައިވާ ޕީއެންސީގެ ނައިބު ރައީސުންކަމަށްވާ، މުހައްމަދު ހުސައިން ޝަރީފާއި މުހައްމަދު ސައީދު އަދި އާދަމް ޝަރީފް އުމަރު، ޕީޕީއެމްގެ ނައިބު ރައީސުން ކަމަށްވާ، މުހައްމަދު ޣައްސާން މައުމޫނާއި އަހުމަދު ޝިޔާމް އަދި، ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މި ބައްދަލުވުމުގައި، ބައިވެރިވެވަޑައިގަތެވެ. 

އެކަމާއި ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ "ދިވެހި ސަރުކާރުގެ އަތްދަށުން" ވޭތުވެދިޔަ 15 މަސް ދުވަހު އަނިޔާ ލިބެމުންދާ ވާދަވެރި ކޯލިޝަންގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަސާސީ އެތަކެއް ހައްގެއް ނިގުޅައިގަނެވި، އެމަނިކުފާނު ނުހައްގުން ޖަލަށް ސަރުކާރުން ކަންކުރަމުންދާ ގޮތުގެ މައުލޫމާތު އިންޑިއާގެ ފޮރިން މިނިސްޓަރާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަވެރި ސިޔާސީ ޕާޓީއަށް ހަމަހަމަ ފުރުސަތު ތަނަވަސްކޮށްދީފައި ނުވާކަމާއި، ޕީޕީއެމުން ކެމްޕޭން ކުރުމަށް ސަރުކާރުން އެކިގޮތްގޮތުން އަޅަމުންދާ ހުރަސްތަކަށް ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. 

ރާއްޖޭގައި ގާއިމުކުރެވުނު ޑެމޮކްރެޓިކް ނިޒާމު، މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އަންނަނީ ދުވަހެއް ދުވަހަކަށް
ބަލިކަށިވަމުންކަން ފާހަގަކޮށް، ބަޔާނުގައި ބުނީ ރާއްޖޭގައި ދާހިލީ ހަމަޖެހުން އޮތުމަކީ އިންޑިއާއަށް މުހިންމުވާނެކަމެއްކަން ޔަގީންވާ ކަމަށެވެ. އެގޮތުން، މި ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި، ޑެމޮކްރަސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ނަސޭހަތްތެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް