ads
ކަނޑުގަދަ ދުވަހެއްގައި ބޯޓެއް ދަތުރު ކުރަނިކޮށް
ރާޅުގެ އުސްމިން ހަ ފޫޓުގައި، ދެކުނުގެ އަތޮޅުތަކުން ސަމާލުވާން އަންގައިފި
އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިން ހަ ފޫޓަށް އުފުލުމާއިއެކު ބޯކޮށް ވާރޭވެހޭނެތީ ދެކުނުގެ އަތޮޅުތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން އަންގައިފި އެވެ.

މެޓުން ބުނީ، އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި އެހެންނަމަވެސް މެދުރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެކަމަށެވެ. މެދުރާއްޖެތެރޭގެ ކަނޑުތައް ތިން ފޫޓާއި ހަ ފޫޓަށް އުފުލޭނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ދެކުނުގެ އަތޮޅުތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. 

މެޓުން ފާއިތުވި 24 ގަނޑިއިރަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ބުނެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް