ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހިޔާ ފްލެޓް ތަކުގައި އޯޕަން އެކްސެސް ނެޓްވޯކުގެ ވައިރިން މަސައްކަތް ނިންމާލައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީގެ ފަރާތުން ގާއިމްކުރާ އޯޕަން އެކްސެސް ނެޓްވޯކުގެ ހިދުމަތުގެ ފުރަތަމަ މަރުހަލާގެ ދަށުން، ހިޔާ ފްލެޓް ސަރަހައްދުގެ ޑަކްޓް ނެޓްވޯކާއި، އެ ހިދުމަތް ފޯރުކޮށްދިނުމަށް ފްލެޓް ތަކުގެ ތެރޭގައި އަޅަންޖެހޭ ވައިރިންގެ މަސައްކަތް ނިންމާލާފައިވާކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނެފައިވަނީ، މި މަސައްކަތަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން، އެ ސަރަހައްދުގައި ތަފާތު ގިނަ ހިދުމަތްތަކެއް ގާއިމުކުރުމަށްޓަކައި އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި އޯޕަން އެކްސެސް ނެޓްވޯކަކީ ހުޅުމާލޭ ސްމާޓް ސިޓީ ޕްރިޖެކްޓުގެ ބިންގާ ކަމަށްވެސް ވަނީ ބުނެފައެވެ. 

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި މި ޕްރޮޖެކްޓުގެ ބިޒްނަސް މޮޑެލްގައި މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތްތައް މުވާސަލާތީ ވިއުގައަކުން ގުޅައިލުމަށްޓަކައި، މައިގަނޑު 1 އިންފްރާސްޓްރަކްޗާއެއް ގާއިމު ކުރެވިގެންދާނެއެވެ. އަދި މި އިންފްރާސްޓްރަކްޗާގައި އެކުލެވޭ ފައިބާ ވިއުގަ މެދުވެރިކޮށް، ހުޅުމާލޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށާއި އަދި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް މައުލޫމާތުދެއެވެ. 

އެގޮތުން މި ޕްރޮޖެކްޓަކީ ގިގަބައިޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕޯން) ސަޕޯޓު ކުރާ ވިއުގައަކަށްވުމުން، މުވާސަލާތީ ހިދުމަތް ދެއްވާ ފަރާތްތަކުގެ މަސައްކަތަށް އެކަމުގެ ސަބަބުން އިންގިލާބީ ބަދަލެއް އައިސް، ހިދުމަތްތައް އާ ހަރުފަތްތަކަށް ވާސިލުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. 

އަދި އާއްމުކޮށް ދެވޭ ހިދުމަތްތައް ލިބޭނެކަން ކަށަވަރުކޮށްދިނުމަށް އެޗްޑީސީން، ޕީ.އެސް.އެމް އާއި މީޑިއާނެޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް