ads
ވީޑިއޯ ރިޕޯޓް-
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ ގާނޫނެއް ބޭނުންވޭ!
މަސައްކަތުގެ މާހައުލުގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު ދުނިޔެ ދޫކުރި ހިތާމަވެރި ދެ ހާދިސާއެއްގެ މިއަހަރު ފެނިގެން ހިނގައްޖެއެވެ. މަސައްކަތުގެ މާހައުލުގައި ލިބޭ އަނިޔާގެ ސަބަބުން މިފަދަ ހިތާމަވެރި ހާލަތްތައް ދިމާވާތަން މި މުޖުތަމައިން ފެންނައިރު، ވަޒީފާ އަދާކުރުމުގެ ތެރޭގައި ފުރާނަ ގެއްލޭ މީހުންނަށް ރައްކާތެރިކަން ލިބޭނެ ގާނޫނެއްގެ މުހިއްމުކަން އިހުސާސްވަނީ މިފަދަ ދަނޑިވަޅެއްގައެވެ.

ކޮންމެ ތަނެއްގައިވެސް މުވައްޒަފުންގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވާނެ ކަމީ ކަށަވަރު ކަމެކެވެ. އަދި ބައެއް ފަހަރު ވަކި މީހެއް ނުވަތަ ކުންފުނީގެ އިހުމާލެއްނެތިވެސް ހިނގާ ހާދިސާތަކުން މަސައްކަތުގެ މާހައުލުގައި އުޅޭ މީހާއަށް އަނިޔާވާ މަންޒަރު ފެނިގެންދެއެވެ.

އިމާރާތް ކުރުމުގެ ދާއިރާގެ ހާދިސާތަތަކީވެސް އެހާދިސާތަކުގެ ސަބަބުން މީހުން މަރާ ކުރިމަތިލާޏް ޖެހިފައިވާ ކަމެކެވެ. އެގޮތުން ހަދަމުންދާ އިމާރާތަކުން ވެއްޓޭ އެއްޗަކުން ޖެހި މީހަކަށް އަނިޔާވުން ނުވަތަ ލިބޭއަނިޔާގެ ސަބަބުން މީހަކު މަރުވުމުގެ ހާދިސާ އަކީ ރާއްޖެއިން ފެނިފައި ހުރި ކަންކަމެވެ. އަދި އިމާރާތް ކުރުމުގެ މާހައުލުގައި ރައްކާތެރިކަމުގެ އެކަށޭނެ ފިޔަވަޅު އެޅިފައި ނުވުމުގެ ސަބަބުން އެކި ހިތާމަވެރި ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.

މީގެ އިތުރުން މަސްވެރިން މަހަށް ގޮސް އުޅޭއިރު، ކޮންމެވެސް ތަނެއްގައި ބުޅި އެޅިގެން ފަރުވާއަށް ގެންނަން ޖެހެނީ މާލެ އަށެވެ. މަސްވެރިންނާއި ޑައިވަރުން ޑައިވިނަށް ގޮސް އުޅެނިކޮށް ޑީކޯވެގެން ދިމާވާ ހާދިސާ ތަކަކީވެސް ރާއްޖެއިން އަބަދުމެ އެފަދަ ހާދިސާތަކުގެ ވާހަކަ އިވިއިވި ހުންނަ ހާދިސާތަކެވެ.

ކޮންމެ އަކަސް ގަބޫލު ކުރަންވީ ވަޒީފާ އަދާކުރުމުގެ ތެރޭގައި އެކި އަނިޔާއާއި ކުރިމަތިވާ މީހުންނަށް ރައްކާތެރިކަން ލިބޭނެ ގާނޫނެއް ބޭނުންވާ ކަމެވެ.   

މިއީ ހަމައެކަނި ލޮލަށް ފެންނަ، ޖިސްމާނީ އަނިޔާތަކާއި ގުޅޭ ގާނޫނެއް ނޫނެވެ. ނަމަވެސް މަސައްކަތްތެރިންގެ ނަފްސާނީ ދުޅަހެޔޮކަންވެސް ހިމެނިގެން އެކުލަވާލަން ޖެހޭ ގާނޫނެކެވެ. 

އެ މާހައުލެއްގައި މަސައްކަތް ކުރާ މީހުންނާއި، އެތަނަށް ވަންނަ މީހާ އަދި މަސައްކަތުގެ މާހައުލު ކައިރީ އުޅޭ މީހުންގެ ސަލާމަތްތެރިކަމަކީ ހުސް މުހިއްމު ކަންކަމެވެ. ހާއްސަކޮށް އެ މަސައްކަތެއްގެ ސަބަބުން ވަށައިގެންވާ މީހުންނަށް އޭގެ ނޭދެވޭ އަސަރު ކުރާ ނަމައެވެ.

ރާއްޖޭގައި މަސައްކަތްތެރިންގެ ރައްކާތެރިކަމަށް ވަކި ގާނޫނެއް އަދި ނެތެވެ. ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުގައި މިފަދަ ގާނޫނުތަކަށް އަމަލުކުރެއެވެ. 

އެމެރިކާގެ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އެކްޓް" އަކީ އެގައުމުގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުލަވާލި ގާނޫނެކެވެ.

މި ގާނޫނުގެ ދަށުން އެގައުމުން ވަނީ މަސައްކަތުގެ މާހައުލުގައި ވަކި "ސްޓޭންޑަޑެއް" ހިފަހައްޓާމުން ގެންދޭތޯ ކަށަވަރު ކުރުމަށް ވަކި އިންސްޓިޓިއުޓްއެއް އުފައްދާފައެވެ. އެގޮތުން މަސައްކަތްކުރާ މާހައުލުގެ ހެލްތް އެންޑް ސޭފްޓީ ވަކި ގަވައިދުތަކެއް ކަނޑައަޅާ، އެކަންކަމަށް އަމަލު ކުރޭތީ ބެލުމަކީ އެ އިންސްޓިޓިއިޓްގެ ޒިންމާ އެކެވެ. 

މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ހިނގާ އެކި ހާދިސާތައް ހިނގި ގޮތް ބަލާ، އިންވެސްޓިގޭޓު ކުރުމަކީ މި އިންސްޓިޓިއިޓްގެ ޒިންމާ އެކެވެ. މިއީ މިފަދަ ގާނޫނަކުން މަސައްކަތްތެރިންގެ ހައްގު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ކުޑަ މިންވަރެކެވެ.

ރާއްޖޭގެ މަސައްކަތުގެ މާހައުލާއި ގުޅިގެން ގިނަ ފަހަރަށް އިވެނީ ނުރަނގަޅު ވާހަކައެވެ. މަސައްކަތްތެރިން "އެކްސްޕްލޮއިޓް" ކުރާ ވާހަކައެވެ. މިފަދަ އެތައްކަމެއް ހުރިއިރު، މިފަދަ ގާނޫނަކީ މިގައުމަށް ވަރަށް މުހިއްމު ގާނޫނެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް