ads
ފުވައްމުލައް އަތިރިމަތީގައި މީހުން ޖަމާވެފައި-- ފޮޓޯ: ރަސްގެފާނު
ފުވައްމުލަކުގައި އިތުރު ކްލާސްޓާއެއް: ހަ މީހުން ޕޮޒިޓިވް
ފުވައްމުލައް ސިޓީގައި މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާ ގުޅުމެއް ނެތް ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ކުލަސްޓާއިން ހަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ މިހާރު ފުވައްމުލައް ސިޓީގައި ޕޮޒިޓިވްވެފައިވާ ކޭސްތަކާ ގުޅުމެއް ނެތް ކޭސްތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ އާ ކުލަސްޓާގައި ފުރަތަމަ މީހާ ޕޮޒިޓިވްވެފައި ވަނީ ހޮނިހިރު ދުވަހު ކަމަށާއި އަދި އެކޭސްއާ ގުޅުންހުރި އިތުރު ހަ މީހަކު މިހާރު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ އިތުރުން މިވަގުތު އައްޑޫ ސިޓީ ހުޅުމީދޫގައި އޮތް ކްލަސްޓާއަކުން ވެސް އިތުރު 2 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި މިއީ އެއް އާއިލާއަކަށް ނިސްބަތްވާ ދެމީހުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގައި މޮނިޓަރިންގެ ހާލަތުގައި އޮތީ ތިން ރަށެއް ކަމަށާއި އެއީ އައްޑޫ، ފުވައްމުލަކު އަދި ކޮޅުފުށި ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ދަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ ވަނީ 157 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވެފަ އެވެ. އެއީ މާލޭ ސަރަހައްދުން 103 މީހުންނާއި އަތޮޅުތަކުން 20 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 34 މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް