ads
ޕީކޭގެ ޕޯސްޓަރެއް ---
ޕީކޭގެ ސީކުއަލް ފިލްމެއް ނެރޭނެ!
އާމިރް ހާން އަދި އަނުޝްކާ ޝަރްމާ ލީޑު ރޯލުން ފެނުނު، 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު ޕީކޭ ގެ ސީކުއަލް ފިލްމެއް ނެރޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބުނެފިއެވެ.

ފިލްމު ޕީކޭ ގެ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާ އިންޑިއާގެ އެންޓެޓެއިންމަންޓް ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ، އެ ފިލްމުގެ ސީކުއަލްއެއް ހަދާނެ ކަމަށެވެ.

އެގޮތުން ޕީކޭގެ އެންމެ ފަހު ސީންގައި ރަންބީރް ކަޕޫރްގެ ކެރެކްޓަރާއެކު އާމިރް ހާން އެނބުރި ދުނިޔެއަށް އަންނަ ތަން ފެންނަ ކަމަށާއި، އެއީ އިތުރު ވާހަކައެއް ކަމަށް ވިނޯދް ފާހަގަ ކުރެއެވެ. 

your imageޕީކޭގެ ފައިނަލް ސީންގައި އާމިރް އަދި ރަންބީރް --

މިހާތަނަށް މި ފިލްމުގެ ސްކްރިޕްޓް ރައިޓާ، އަބިޖަތް ޖޯޝީ ސްކްރިޕްޓު ލިޔަން ނުފަށާ ކަމަށާއި، ނަމަވެސް ސްކްރިޕްޓް ލިޔެ ނިމުންހާ އަވަހަކަށް ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ވިނޯދް ބުނެފައި ވެއެވެ.

ޕީކޭ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފިލްމެކެވެ. އަދިފިލްމުގައި ގެނެސްދިން ވާހަކައިގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި ފިލްމެއްވެސް މެއެވެ. 

ޕީކޭ ފިލްމުގެ އެންމެ ފަހު ސީންގައި ފެނިގެން ދަނީ ޕީކޭ ގެ ކެރެކްޓާ، އޭނާގެ މީހުންތަކެއް ގޮވައިގެން އެނބުރި ދުނިޔެ އަންނަ މަންޒަރެވެ. އެގޮތުން ރަންބީރް ފެނިގެން ދަނީ އޭގެން ކެރެކްޓާއެއްގެ ގޮތުގަ އެވެ. 

މިއާއެކު މި ފިލްމުގެ ސީކުއަލްގައި އާމިރް ހާންގެ އިތުރުން ރަންބީރް ފެނިގެންދާނެ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް