ads
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
އިންްޑިއާ އެއްބަސްވުުންތަކުގެ ތަފްސީލް ހާމަކުރަން ގޮވާލާ ކުއްލި މައްސަލައެއް
އިންޑިއާ ސަރުކާރުގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށްވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ އުތުރުތިލަފަޅުގައި ކޯސްޓްގާޑްގެ ޑޮކްޔާޑަކާއި ހާބަރެއް ގާއިމުކޮށް އެތަނަކީ ދިވެހި ސިފައިންގެ ކަނޑު އުޅަނދުތައް މަރާމާތުކުރުމަށާއި ބަނދަރުކުރުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ތަރައްގީކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅެއް ކަމަށެވެ. 

އެގޮތުން އެކަމުގައި އިންޑިއާއާއެކު މަޝްވަރާކުރެވިފައިވާއިރު އެކަމުގައި އެގައުމުން ހުށަހެޅި ޝަރުތުތަކަކީ ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތަށް ރަނގަޅު ޝަރުތުތަކެއް ކަމަށް ގަބޫލުނުކުރެވޭތީ އެކަމުގެ އެއްބަސްވުން އޭރު އެކުލަވާލާފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ޝިޔާމް ވިދާޅުވީ އޭރު އިންޑިއާއިން ކުރި ޝަރުތުތަކާއެކު މި އެއްބަސްވުން އެކުލަވާލުމަކީ ރާއްޖޭގެ ގައުމީ ސިޔާސަތަށް ފުށުއަރާނެ ކަމެެއް ކަމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން އޭރު ލަފާވެސް ދީފައިވާ ކަމަށެވެ. އެތަނުގައި ތަރައްގީކުރާ ހާބަރާއި ޑޮކްޔާޑް ބެލެހެއްޓުމުގައި އިންޑިއާ ސިފައިންނަށް އެތަނުގައި ދާއިމަށް ތިބެވޭނެ ގޮތަށް އެއްބަސްވުން ފަރުމާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން މިލިޓަރީ ޕާސަނަލްގެ ބަދަލުގައި "އޮފިޝަލުން" ނުވަތަ "ޓެކްނީޝަނުން" ފަދަ ލަފްޒުތައް ހިމަނައިގެން ކަމަށެވެ. 

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެ އެއްބަސްވުމާއި ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް އެނގެންޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

އޭގެ އިތުރުން ޝިޔާމް ވިދާޅުވީ، ރާއްޖޭއަށް އިގްތިސޯދީ ގޮތުން ވަރަށް ދަތި ދަނޑިވަޅެއްގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ބޭރު ގައުމުތަކުން 6.45 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށެވެ. މިފަދަ ނާޒުކު ހާލަތެއްގައި އެގޮތަށް ލޯނު ނެގުމުން ރައްޔިތުން ކަންބޮޑުވާ ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް