ads
އަތުލައިގެން މަސްތުވާަތަކެތި
ވައިގެ މަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސަތުވާ ތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސުން ބުނެފިއެވެ.
ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ހޮނިހިރު ދުވަހު ބެންގަލޫރުން ރާއްޖެއައި އުމުރުން 24 އަހަރު އަދި 23 އަހަރުގެ ދެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން އެކްސްރޭ ކުރުމުގެ ތެރޭގައި އޭގައި އެއްޗެއް ފޮރުވާފައި ހުރިކަން ފާޙަގަކުރެވުމުން އިތުރަށް ބަލާފައިވާ ކަމަށެވެ.

އެގޮތުން ބެލިބެލުމުން ފޮށިތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސުން މައުލާމާތުދެ އެވެ. އަދި އެތަކެތި ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލްއަށް ޕޮސިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސުން މައުލޫމާތުދެ އެވެ.

މި ދެ މީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.146 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 5,72,982.00 (ފަސް ލައްކަ ހަތްދިހަ ދެހާސް ނުވަސަތޭކަ އަށްޑިހަ ދޭއް) ރުފިޔާއަށް އަރާނޭ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް