ads
އައްމަޓީއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: ސަން
ސީލައިފްގެ އެމްޑީ އައްމަޓީ ހައްޔަރުކޮށްފި
ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ)، ސްރީލަންކާ އިން ހައްޔަރުކޮށްފި އެވެ.

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައިވެ އެވެ.

ފުލުހުން މިއަދު ބުނީ، ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ވ. ތިނަދޫ، ރެޑް ހައުސް، އަހުމަދު މޫސާ މުހައްމަދު ހައްޔަރުކޮށްފައިވާ ކަމަށް އިންޓަޕޯލުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން 280 މީހުންގެ އަތުން ފައިސާ ނެގި އެވެ. އެކަމަކު އެޕާޓްމަންޓްތައް ނުލިބި އެމީހުންނަށް އިންސާފު ނުލިބި ލަސްވާތީ އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އައްމަޓީ ހައްޔަރުކުރަން ގޮވާލާއި މީގެ ކުރިން ތަފާތު ހަރަކާތްތައް ވެސް ބާއްވާފަ އެވެ. 

ކޮންމެ މީހެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާ ކަމަށް ވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު އިއުލާންކުރި އެ މަޝްރޫއުގައި ސީލައިފުން ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނުކޮށް ފައިސާ ނެގުމުގެ ސަބަބުން ގެއްލުންވި މީޙުންގެ ތެރެއިން 203 މީހަކު ވަނީ ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ ސަރުކާރުން ކޯޓުން ބޭރުގައި ނިންމީ ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފްލެޓް ގަތުމަށް އެމީހުންނަށް ފުރުސަތުދޭ ގޮތަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް