ads
ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން--
ސްޓޫޑެންޓް ލޯނުން ކޮންމެ ރަށަކަށް ވަނީ އަދަދެއް ކަނޑައަޅާފަ: ރައީސް
މަތީ ތައުލީމަށް ދޫކުރާ ލޯނުގައި ކޮންމެ ރަށަކަށް ވަކި އަދަދެއް ދޭން ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއިއެކު "ރަށްވެހި ފަތިސް"ގެ ނަމުގައި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގއ. އާއި ގދ. ގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ގއ އަތޮޅު ކައުންސިލުގެ ކެންޑިޑޭޓުން މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު ބައެއް ރަށްރަށުގައި ކުދިންނަށް ނުލިބޭކަމުގެ ޝަކުވާ ހުށަހެޅުމުން ރައީސް ވިދާޅުވީ މި އަހަރު ހުޅުވާލާފައިވާ ސުޓޫޑެންޓް ލޯނުގައި ވަކި ވަކި ރަށްތަކާއި އަތޮޅުތަކަށް ވަކި އަދަދެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި އެ ރަށްތަކަށް ދާއިރާތައްވެސް ކަނޑައަޅާފައިވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސްޓޫޑެންޓް ލޯނުގައި މިފަހަރު ނިންމާފައި އޮތީ ކޮންމެ ރަށަކަށް ވަކި ވަރެއް ކަނޑައަޅަން ކަމަށާއި އެހެންކަމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިފަހަރު ލޯނު ދޫކުރާއިރު ކޮންމެ ރަށަކަށް ވަކި ވަރެއް ނުވަތަ ކޮންމެ އަތޮޅަކަށް ވަކި ވަރެއް އަދި ދާއިރާތައް ވެސް ކަނޑައަޅާފައި އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ މިވަގުތު ގއ. އަތޮޅާއި ގދ. އަތޮޅުގެ ރަށްތަކުގެ ދަރިވަރުންގެ ތެރެއިން މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ އަދަދުތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ގއ. އަތޮޅުގެ އެކި ރަށްތަކުން މިހާރު ވެސް 236 ދަރިވަރަކު އަންނަނީ މަތީ ތައުލީމާއި ތަމްރީން ހާސިލްކުރަމުންކަމަށް ވިދާޅުވި އެވެ. ގދ. އަތޮޅުގެ ބައެއް ރަށްތައް ހިމެނޭގޮތަށް 137 ދަރިވަރަކު މަތީ ތައުލީމް ހާސިލްކުރަމުން އަންނަކަމަށް އެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ހާއްސަކޮށްގެން މިފަހަރު ހުޅުވާލި ލޯން ސްކީމްގައި 770 ފަރާތަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވެ އެވެ. މިއީ މިހާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ހާއްސަކޮށްފައިވާ 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ހާއްސަކޮށްފައިވާ 290 ޖާގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް