ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ސަން
މައުލޫމާތު ސާފު ކުރުމަށްފަހު އަދުރޭ ދޫކޮށްލައިފި
މިއަދު ހަވީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދޫކޮށްލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އަދުރޭ ގެންގޮސްފައިވަނީ އަދުރޭގެ ލީޑަޝިޕްގެ ދަށުން، އެޗްޕީއޭގެ ގަވައިދާ ހިލާފަށް ގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިހާރު އޭނާ ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އަދުރޭ ދޫކޮށްލީ އޭނާގެ ކިބައިން ބައެއް މައުލޫމާތު ސާފުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލަ އާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުގެ ސްޕޯކްޕާސަން ހީނާ ވަލީދު ވިދާޅުވީ އަދުރޭ ހައްޔަރު ކޮށްފައިވަނީ ގެއަށް ވަޑައިގަތުމަށް ޕާޓީ އޮފީސް ދޮރުމައްޗަށް ނިކުތްތަނާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް