ads
ފުލުހުން
އުފަންދުވަހުގެ ޕާޓީއެއް ބޭވުމުން 5000 ރުފިޔާއިން ޖޫރިމަނާކޮށްފި!
ގްރޭންޑް ވިއު ރެސްޓޯރަންޓުގައި ކުރިއަށް ދިޔަ އުފަންދުވަހުގެ ޕާޓީއެއް ހުއްޓުވައިފި ޖޫރިމަނާކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހުއްޓުވާފައިވަނީ އެޗްޕީއޭގެ ގައިޑުލައިނާއި ހިލާފަށް ގްރޭންޑް ވިއު ރެސްޓޯރަންޓުގައި ބޭއްވި އުފަންދުވަހުގެ ޕާޓީ އެކެވެ.

ޕާޓީ ހުއްޓުވުމުގެ އިތުރުން އެ ރެސްޓޯރަންޓު 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިއަދު ހަވީރުވެސް ފުލުހުން ވަނީ އެޗްޕީއޭ ގައިޑުލައިނާއި ހިލާފަށް ބޭއްވި ކައިވެނީގެ ޕާޓީއެއް ހުއްޓުވާފައެވެ. އަދި އެ ޕާޓީ ބޭއްވި ސޯލްޓް ކެފޭވެސް ވަނީ 5000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ އެޗްޕީއޭ އިން ވަނީ ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވެސް މަނާކޮށްފަ އެވެ. މިދަނޑިވަޅުގައި ސިއްރުން ބައެއް މީހުން ޕާޓީތައް ބާއްވަމުން އަންނައިރު ބައެއް ފަރާތްތައް މީގެ ކުރިން ވެސް ޖޫރިމަނާކޮށްފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް