ads
ޑރ މޫސާ މުރާދް --- ފޮޓޯ: އެޗްއީއޯސީ
ގިނައިން އެޑްމިޓްކުރަނީ މެދު އުމުރުގެ މީހުން: ޑރ. މުރާދު
ކޮވިޑް އަށް ފަރުވާ ކުރާ މީހުންގެ ތެރެއިިން މިދުވަސްވަރު ގިނައިން އެޑްމިޓްކުރަނީ މެދު އުމުރުގެ މީހުން ކަމަށް ޑރ. މޫސާ މުރާދް ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު ކޮވިޑް ބަލީގައި މިހާރު އެޑްމިޓް ކުރާ މީހުން އުމުރުން ހަގު ކަމަށެވެ.

އެގޮތުން މިހާރު ގިނައިން އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހެނީ މެދު އުމުރު ފުރައިގެ މީހުން ކަމަށް ޑރ. މުރާދު ފާހަގަ ކުރެއްވިއެވެ.

"ކުރިއާ އަޅާބަލާއިރު މިހާރު ތަފާތު ކަމަކަށް އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ މިފަހަރު މި ޕޮޒިޓިވްވާ މީހުންގެ ތެރޭގަ ހޮސްޕިޓަލުތަކުގައި ނުވަތަ ސެންޓަރުތަކުގަިއ އެޑްމިޓް ކުރަންޖެހޭ މީހުންގެ އުމުރު ފުރާ ތަންކޮޅެއް ޅަކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ" ޑރ. މުރާދު ވިދާޅުވިއެވެ.

މީގެ އިތުރުން އެހާ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތް ކަމަށް ވީނަމަވެސް ކުއްލިއަކަށް ހާލު ދެރަވާ މީހުން ވަރަށް ގިނަ ފަހަރަށް ފާހަގަ ކުރެވޭ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އަދި ސިއްހީ އެހީތެރިންގެ ނަޒަރުން ވިސްނާއިރު މިއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. 

"ހަގީގަތުގައި ކުރީގަ އަޅުގަނޑުމެންނަށް ބޮޑަށް އެޑްމިޓް ކޮށްގެން ފަރުވާދިން އުމުރަށްވުރެ ޅަ އުމުރުގެ މީހުން ގިނައިން ބަލިވެ، ބޮޑަށް ބަލިވެ އެމީހުންނަށް ދިގު މުއްދަތަކަށް ސެންޓާރުތަކުގައި ހިދުމަތްދޭން ޖެހުމަކީ ހަގީގަތުގައި އެހާ ރަނގަޅުކަމަށް ނުއެއްވޭ. މިކަންވެސް އަޅުގަނޑުމެންނަށް ކުޑަ ކުރެވޭނީ ޖުމުލަ ޕޮޒިޓިވްވާ އަދަދު ކުޑަކޮށްގެން" ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ އެޑްމިޓް ކުރާ ޅައުމުރު ފުރައިގެ މީހުންގެ ތެރޭވެސް އެހެން މައްސަލަ ހުންނަ މީހުން ގިނަކަން ފާހަގަ ކުރެވޭކަމަށެވެ. އެގޮތުން ހަކުރުގެ މައްސަލަ ހުންނަ މީހުން ނުވަތަ އެހެން ބައްޔަކަށް ބޭސްކުރާ މީހުން ފާހަގަ ކުރެވޭ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އަދި މިއީ ކުރީގެ ރާޅުތަކުގައި އެޑްމިޓް ކުރި މީހުންނާ އަޅާ ބަލާއިރު ކަމަށް ޑރ. މުރާދު ފާހަގަ ކުރެއްވި އެވެ.

ކޮވިޑް-19 ގެ ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނައިރު، ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސް އަންނަނީ އިތުރު ވަމުންނެވެ. ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދަށް ބަދަލެއް ނާންނަތާ މިހާރު ވަނީ ތިން ދުވަސް ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް