ads
ފުވައްމުލައް އަތިރިމަތީގައި މީހުން ޖަމާވެފައި-- ފޮޓޯ: ރަސްގެފާނު
ތިން ކްލާސްޓާއަކުން ފުވައްމުލަކުގައި 50 މީހުން ޕޮޒިޓިވް
ފުވައްމުލަކު ސިޓީން މިހާތަނަށް ޕޮޒިޓިވް 50 ކޭސް ފެނިފައިވާ ކަމަށާއި، އެއީ މައިގަނޑު ގޮތެއްގައި ތިން ކްލަސްޓާއަކުން ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފުވައްމުލަކުން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ޖުމުލަ 50 މީހުން ކަމަށެވެ.

އެގޮތުން ފުވައްމުލަކުގައި މައިގަނޑު ގޮތެއްގައި އުޅެނީ ތިން ކްލަސްޓައެއް ކަމަށާއި، ޖުމުލަ 959 ކޮންޓެކްޓުން މިހާތަނަށް ފާހަގަވެފައިވާ ކަމަށް ނާސިރު ވިދާޅުވިއެވެ.

ފުވައްމުލަކު މޮނީޓަރިންގެ ހާލަތަށް ގެނައީ އެ ސިޓީގައި ރެންޑަމް ސާމްޕަލް ނެގި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެއީ ދުބާއީ އިން އައިސް ފުވައްމުލަކުގަިއ ހުރި މީހަކާ ކޮންޓެކްޓުވީ މީހެކެވެ. 

އެއާއެކު ފުވައްމުލަކުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އަދި ކާފިއު އިއުލާނު ކޮށްފައެވެ. 

ފުވައްމުލަކުން ކޮވިޑްގެ ކޭސްތައް ފެނި އެސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 04:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމުގެ އިތުރަށް، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި މީގެއިތުރުންވެސް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް