ads
ބޫލް ބުލައްޔާގެ މެއިން ކާސްޓުގައި ހިމެނޭ ދެ ތަރިން ---
ބޫލްބުލައްޔާ 2: ރިލީޒް ކުރާ ތާރީހު އިއުލާނުކޮށްފި
ކޮވިޑް 19 އާ ގުޅިގެން ފަސްކުރި ބޫލްބުލައްޔާ ދޭއް ރިލީޒް ކުރަން ހަމަޖައްސާފައިވާ ތާރީހު އިއުލާނު ކޮށްފި އެވެ.

މި ފިލްމު ރިލީޒް ކުރާ ތާރީހު އާންމު ކުރީ ފިލްމުގެ ބަތަލާ ކިއާރާ އަދްވާނީ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައެވެ.

ކިއާރާ މި ފިލްމު ރިލީޒް ކުރާ ތާރީހު އިއުލާނު ކުރީ ފިލްމުގެ ބަތަލުގެ ރޯލުން ފެންނަ ކާތިކް އާރްޔަން އާއެކު ފެންނަ ފޮޓޯއެއް ހިއްސާ ކުރަމުންނެވެ. ފެންނަ ފެނުމަށް މިއީ ފިލްމު ޝޫޓިންގެ މަންޒަރެއްގެ ފޮޓޯއެއް ކަމަށް ބެލެވެއެވެ.

މި ފިލްމު ކުރިން ރިލީޒް ކުރުމަށް ހަމަޖެއްސި ތާރީހަކީ 31 ޖުލައި 2020 އެވެ. ނަމަވެސް ފިލްމު ލަސްވީ ކޮވިޑް 19 އާއި ގުޅިގެން ފިލްމުގެ ކަންކަން ހުއްޓުމަކަށް އައި ހިސާބުންނެވެ. 

ކޮވިޑާއި ގުޅިގެން ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައިސް އޮތުމަށްފަހު، މި ހަފްތާގައި ވަނީ މި ފިލްމުގެ ޝޫޓިންގްތައް އަލުން ފަށާފައެވެ. އެގޮތުން ޝޫޓިންގްތައް ފަށާފައިވަނީ މަނާލީގައެވެ.

އަކްޝޭ ކުމާރް އަދި ވިދްޔާ ބާލަން ފެނިގެންދިޔަ ބޫލްބުލައްޔާގެ ސީކުއަލް، ބޫލްބުލައްޔާ ދޭއްގެ ޑިރެކްޓަރަކީ އަނީސް ބަޒްމީ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ބުޝަން ކުމާރު، މުރަދް ކެޓާނީ އަދި ކްރިޝަން ކުމާރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް