ads
މެމްބަރު ނިހާދު-
ރައީސް ޔާމީން ޖަލުން ނެރެން އިދިކޮޅުން ބޭނުމެއް ނުވޭ: ނިހާދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ނެރެން އިދިކޮޅުން ބޭނުން ނުވާކަން ޔަގީންވެގެން ދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ނިހާދު މިހެން ވިދާޅުވީ ސަރުކާރުގެ ޝަކުވާ ހިފައިގެން އިދިކޮޅު ކޯލިޝަނުން އިންޑިއާގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރެއްވި ހަބަރެއް ރީޓުވީޓު ކުރައްވަމުންނެވެ.

އެގޮތުން ސަރުކާރުގެ ޝަކުވާ ހިފައިގެން ދާންވާ އެއްވެސް ތަނަކަށް އިދިކޮޅު ކޯލިޝަނުން ނުދާ ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ ޔޫއެން، އީޔޫ އަދި ކޮމަންވެލްތު ފަދަ އެއްވެސް ތަނަކަށް އިދިކޮޅު ކޯލިޝަނުން ސަރުކާރުގެ ޝަކުވާ ހިފައިގެން ނުދާ ކަމަށެވެ. އަދި ކުޑަމިނުން މަޖިލީހާއި އެޗްއާރުސީއެމްގައި ވެސް އެފަދަ މައްސަލައެއް ނުޖައްސާ ކަމަށް ނިހާދު ވިދާޅުވިއެވެ.

މިކަންކަމުން ޔަގީން ވަނީ އެމީހުން ރައީސް ޔާމީން ޖަލުން ނެރެން ބޭނުން ނުވާކަން ކަމަށް ނިހާދު ވިދާޅުވިއެވެ. 

އާދިއްތަ ދުވަހު އިދިކޮޅު ކޯލިޝަނުން އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރާއި ބައްދަލު ކުރައްވާ، އެ ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ. އެކަމާއި ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީންގެ އަސާސީ އެތަކެއް ހައްގެއް ނިގުޅައިގަނެވި، އެމަނިކުފާނު ނުހައްގުން ޖަލަށްލައި ސަރުކާރުން ކަންކުރަމުންދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރި ކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް