ads
ސޯސަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯ:
ބިދޭސީއަކު ވެހިކަލް މަތީގައި ފޮޓޯ ނެގީ 2016 ވަނަ އަހަރު: ސިފައިން
ބިދޭސީއަކު ވެހިކަލް މަތީގައި ފޮޓޯ ނެގީ 2016 ވަނަ އަހަރުކަމަށް ސިފައިން ހާމަކޮށްފިއެވެ.
ބިދޭސީއަކު ވެހިކަލް މަތީގައި ފޮޓޯ ނެގީ 2016 ވަނަ އަހަރުކަމަށް ސިފައިން ހާމަކޮށްފިއެވެ.

ސިފައިން ބުނީ މިހާރު ސޯސަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ލ. އަތޮޅު ސެންޓްރަލް އޭރިއާގައި ހިނގާފައިވާ ކަމެއްގެ ފޮޓޯކަމަށެވެ.

"އެމްއެންޑީއެފްގެ ފޯސް ޕްރޮޓެކްޝަން ގެ އާ ނިޒާމުގެ ދަށުން މިހާރު މިފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކާ ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުން،" ސިފައިންގެ ސްޕޯކްސް ޕާސަން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވަދެގަނެ އެތަން ''ގޮއްވާލާނެ" ކަމުގެ އިންޒާރުދިން މީހަކު ވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި ހައްޔަރުކޮށްފައެވެ.

ހާދިސާގައި އެމީހާ ސިފައިންގެ މައި މަރުކަޒަށް ވަނީ ވޭނެއްގަ އެވެ. އެ ވޭން ބަންޑާރަކޮށީގެ ގޭޓުން އެތެރެއަށް ވަނީ ސިފައިންގެ އުޅަނދެއް އެތަނަށް ވަނަން ދިޔަ ވަގުތު، އެ އުޅަނދުގެ ފަހަތުން ގޮހެވެ. ގޭޓުން ވަނުމުގެ ކްލިއަރަންސް އެ ވޭނަށް ލިބުނީ އެއީވެސް ސިފައިންގެ ވެހިކަލެއް ކަމަށް ބަންޑާރަކޮށީގައި ތިބި ޑިއުޓީ އޮފިސަރުންނަށް ހީވުމުންނެވެ.

އެނގިފައިވާ ގޮތުގައި ވޭން ދުއްވަން އިނީ ބިދޭސީއެކެވެ. އޭނާ ވޭނުގައި ވަނުމާ އެކު ސިފައިން އޭނާ ހުއްޓުވައި ސުވާލުކުރުމުން އޭނާ ބުނީ، އޭނާ އެތަނަށް ވަނީ އެތަން "ގޮއްވާލަން" ކަމަށެވެ. އަދި އެ މީހާ ސިފައިނަށް ހަމަލާ ދިން ކަމަށް ވެސް މީޑިއާގައި ހަބަރު ފެތުރުނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް