ފޮޓޯ--އެމްއެންޑީއެފް
ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ޔޫއޭއީން އެހީވަނީ
Share
ސިފައިންގެ މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ގާބިލްކަން އިތުރުކޮށްދިނުމަށް ޔޫއޭއީން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް އެގައުމުގެ ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް، ސާނީ އައް ރުމައިތީއާ ވިދާޅުވެއްޖެ އެވެ.
Advertisement

އެމްއެންޑީއެފުން މިއަދު ބުނީ މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ގާބިލްކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ހޯދުކޮށް ދޭނެކަމަށް ޖެނެރަލް ސާނީ އައް ރުމައިތީއާ ވިދާޅުވީ މިހާރު އެގައުމަށް ވަޑައިގެން އުޅުއްވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލާއި ޖެނެރަލް ސާނީ އައް ރުމައިތީއާ އެކު ބޭއްވި ބަދަލުވުމުގަ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ފްލީޓަށް އުޅަނދެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ޖެނެރަލް ހަމްދު އެމް ސާނީ އައް ރުމައިތީއާ ޗީފް އޮފް ޑިފެންސް ފޯސް ޝަމާލްއަށް ދެއްވިކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ދެ ބޭފުޅުން ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލު ޔޫއޭއީއަށް ކުރައްވާ މި ދަތުރަކީ، ޔޫއޭއީގައި ކުރިއަށްދާ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން (އައިޑެކްސް) އާއި ނޭވަލް ޑިފެންސް އެގްޒިބިޝަން (ނޭވްޑެކްސް) ގައި ބައިވެރިވެވަޑައިގެންނެވުމަށް ފެބްރުއަރީ 20 އިން 25 އަށް އެ ގައުމަށް ކުރައްވާ ދަތުރެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް