ads
އައްޑޫ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތައް ނައިބު ރައީސް ފައިސަލް ނަސީމް އޮޅުންފިލުވަނީ-----
އައްޑޫ ފްލައިން ސްކޫލް މައްސަލަ: ދަރިވަރުންނަށް ބަދަލު ހޯދައިދޭން މަޖިލީހުން ފާސްކޮށްފި
އައްޑޫ ފްލައިން ސްކޫލުގެ މައްސަލާގައި ދަރިވަނުންނަށް ލިބިފައިވާ މާލީ ގެންލުންތަކަށް، އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ބަދަލު ހޯދައިދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ކުދިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްއެދި މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 46 މެމްބަރުންގެ އިއްތިފާގުންނެވެ. 

ފްލައިން ސްކޫލުގެ މައްސަލަ ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓުގައި ވަނީ، ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ހުރަސްތަކެއް އެޅިފައިވާތީ، އެދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ހުށައެޅުމަށެވެ.

މި ރިޕޯޓުގައި ވަނީ، އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްކުރުމަށްޓަކައި، އެ ދަރުވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި، ދަރުވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު، ފްލައިން ސްކޫލު ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ސަރުކާރުން އަނބުރާ ހޯދައިދިނުމަށެވެ. އަދި މިމައްސަލާގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށާއި، ފިޔަވަޅު އަޅަންޖެހޭ ފާރާތްތަކުގެ މައްޗަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. 

ކުރިއަށް އޮތްތަނުގައި މިފަދަ ސްކޫލުތައް ހިންގުމަށް ހުއްދަދޭންވާނީ، ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެގަވާއިދުތަކުގެ ތެރެއިން ކަމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓުގައި ވެއެވެ. 

ފްލައިން ސްކޫލުގެ މައްސަލައާއި ގުޅިގެން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ ހަ މެމްބަރަކު މިފަހުން ވަނީ އައްޑޫއަށް ވަޑައިގެން އެތަނުގެ މެނޭޖްމަންޓާއި ދަރިވަރުންނާއިވެސް ބައްދަލުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް