ads
ބިދޭސީން މަސައްކަތް ކުރަނީ
ޖޫރިމަނާއަކާ ނުލައި ވޯކް ޕާމިޓް ފީ ބަލައިގަންނަނީ
އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާއަކާއި ނުލައި ވޯކް ޕާމިޓް ފީ ބަލައިގަންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، ވޯކް ޕާމިޓް ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. 

އަދި އެބަދަލާއި ގުޅިގެން، އެކްސްޕަޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވޯކް ޕާމިޓް ފީ ދެއްކުމުގައި ސިސްޓަމް ބޭނުންކުރައްވާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާތީ މާޗު މަހުގެ 10 ވަނަ ދުވަހުގެ  ނިޔަލަށް، ޖޫރިމަނާއަކާނުލައި ވޯކް ޕަރމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

އަލަށް އެކުލަވާލާފައިވާ، ރާއްޖޭގައި ބިދޭސިން ވަޒީފާ އަދާކުރުމާބެހޭ ގަވައިދުގެ ދަށުން ވޯކް ޕާމިޓް ދޫކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ. 

އެ ގަވައިދު ބުނާގޮތުން ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ ވޯކް ޕާމިޓު ހޯދައިގެންނެވެ. ވޯކް ޕާމިޓު ދޫކުރާނީ، މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަން ފުރިހަމަކޮށްފައެވެ. އެ ވެރިފިފިކޭޝަން ފުރިހަމަ ކުރުމުގެ ކަންކަން ކުރަނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކަމަށް ވެސް އިކޮނަމިކް މިނިސްޓަރީއިން ވަނީ ބުނެފަ އެވެ.

ބިދޭސީން ރާއްޖެ އެތެރެވާ ތާރީހުން ފެށިގެން 15 ދުވަސް ތެރޭ، ވޯކް ޕާމިޓާއި ވޯކް ވިސާ ހޯދަން ޖެހެއެވެ. އެ މުއްދަތުގައި ވޯކް ޕާމިޓް ނުހައްދައިފިނަމަ ޖޫރިމަނާ އާއެކު ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ ދައްކަން ޖެހޭ ގޮތައް އިކޮނަމިކް މިނިސްޓަރީއިން ވަނީ ގަވައިދަށް ބަދަލު ގެނެސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް