ads
އަނުޝްކާ---
އަނުޝްކާގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން!
ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ދާދި ފަހުން އިންސްޓަގުރާމު މެދުވެރިކޯށް އަނުޝްކާ ވަނީ އިންޑިއާގެ މަޝްހޫރު މެގަޒިންއެއް ކަމަށްވާ ވޮގް މެގަޒިންއަށް ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެފޮޓޯތަށް ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު އެފޮޓޯތައް ވަރަށް ފުރިހަމަ ކަމަށް އޭނާގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

View this post on Instagram

@vogueindia 🔥

A post shared by AnushkaSharma1588 (@anushkasharma) on



View this post on Instagram

fire proof ! @vogueindia

A post shared by AnushkaSharma1588 (@anushkasharma) on


މަޝްހޫރު ތަރި، ޝާހްރުކް ހާންއާއެކު "ރަބް ނޭ ބަނާ ދީ ޖޯޅީ" އިން ބޮލީވުޑަށް ތައާރަފުވި އަނުޝްކާ ވަނީ "ޕީކޭ" އާއި "ސުލްތާން" އަދި "ޖަބް ތަކްހޭ ޖާން" ފަދަ ކާމިޔާބު ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.

އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު "ޒީރޯ" އިންނެވެ. އެއީ ވެސް ބޮޑު ކާމިޔާބެއް ލިބުނު ފިލްމެކެވެ. އޭނާގެ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރިތިކް ރޯޝަން އާއެކު "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް އިން ކަމަށް އިންޑިއާގެ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް