ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އެންމެ ހެޔޮ އަގުގައި ފްލެޓް ފޯރުކޮށްދިނުމުގެ މަސައްކަތް އެޗްޑީސީ އިން ކުރަނީ
މަތީފަންތީގެ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ހެޔޮ އަގުގައި ފްލެޓް ފޯރުކޮށްދިނުމުގެ މަސައްކަތް އެޗްޑީސީ ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޗްޑީސީއިން މިއަދު އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ޒަމާނީ މާހައުލެއް ގާއިމުކޮށް ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މެދު އަދި މަތީފަންތީގެ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް މީގެ ކުރިންވެސް ހުޅުމާލޭގައިގިނަ ޕްރޮޖެކްޓުތައް ހިންގާފައިވާނެ ކަމަށާއި އަދި ޑިމާންޑަށް އެކަށީގެންވާ ގިނަ ޕްރޮޖެކްޓްތަކެއް ނެރުމަށް މަސައްކަތް ކުރަމުންދާ ކަަމަށް އެޗްޑީސީ އިން ބުނެފައި ވެއެވެ.

އަދި އެ މަސައްކަތްތަކުގެ ދަށުން 355 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓް އިއުލާނުކޮށް އޭގެ ތެރެއިން 300 ޔުނިޓް އެޅުމަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިން ކުންފުންޏަކާއި ކޮންޑިޝަނަލް ސިޓީގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ދީފައިވާ ކަމަށް އެޗްޑީސީ އިން ބުނެފައި ވެއެވެ.

އެޗްޑީސީ ހާމަކޮށްފައިވާ ގޮތުގއި އެ ކުންފުނި ތަކަކީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން، އާރުސީސީ (11443 LOT) ސާސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗަާ (11445 LOT) އަދި އެސްޖޭ ކޮންސްޓްރަކްޝަން (10958 LOT) އެވެ.

މީގެ އިތުރުން އެޗްޑީސީ އިން އިއުލާނުގައި ބުނެފައި ވަނީ ބާކީ 55 ޔުނިޓް ތަރައްގީކުރާނެ ފަރާތެއް ހޮވުމުގެ އިވެލުއޭޝަން މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަދި ކޮންޑިޝަނަލް އެވޯޑް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިކްސްޑް ރެޒިޑެންޝަލް ހައުސިން ޔުނިޓު އެޅުމުގެެ މަޝްރޫއު ވެގެންދާނީ އެ ގޮތަށް އިމާރާތް ކުރެވޭ އާއްމުނަށް އެއްމެ ކުޑަ އަގުގައި ހުޅުވާލެވިގެންދާނެ ފަހަރުކަމަށް ދެކޭ ކަމަށް ވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.

އެކަން ކަށަވަރުކުރުމަށް އެޗްޑީސީ އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި އެގޮތުން އާއްމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުސޫލަށް ބަދަލު ގެނެސްފައިވާނެ ކަމަށް އެޗްޑީސީ އިން ވަނީ ހާމަކޮށްފަ އެވެ.

މީގެ އެޗްޑީސީ އިންް ބުނެފައި ވަނީ އިތުރުން ކޮންމެ ޕްރޮޖެކްޓަކުންވެސް 60 ޕަސެންޓު ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެއްމެ ކުޑަ އަގަށް އިމަރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އަންގާފައިވާނެ ކަމަށާއި އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާއްމު ފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ކަނޑައަޅާފައިާނެ ކަމަށެވެ.

އެގޮތަށް ކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓުމަކަށް އައިސް އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް އެޗްޑީސީއިން ބުނެފައި ވެއެވެ.

އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންގެ ފަރާތުން ޔުނިޓްތައް ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 1800 ރުފިޔާ އެވެ. އެސްއޭއެސްއީ އާއި ގްލަޓް ޖޮއިންޓް ވެންޗާ އިން ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 2185 ދިވެހި ރުފިޔާ ކަމަށާއި އަދި އެސް.ޖޭ ކޮންސްޓްރަކްޝަން އިން ހުށަހަޅަފައިވަނީ އަކަފޫޓަކަށް 1987 ދިވެހި ރުފިޔާ ކަމަށެވެ.

މިއީ މިހާތަނަށް މިކެޓަގަރީން ހައުސިންގު ޔުނިޓް ވިއްކުމަށް ހުށަހަޅާފައިވާ އެއްމެ ކުޑަ އަގުތައް ކަމަށާއި ކޮންޑިޝަނަލް ސިޓީގައިވާ ކަން ކަން ފުރިހަމަ ކުރުމަށް ފަހު މާޗު މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެޗްޑީސީ އިން ހާމަކޮށްފައި ވެއެވެ.

އެ ފުރުސަތުގެ ދަށުން އިމާރާތް ކުރެވިގެންދާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްވެގެން ދާނީ ރަނގަޅު ފެންވަރެއްގައި ގިނަ ހިދުމަތްތަކާއި އެކު އަތްފޯރާފަށުގައި ހުޅުވާލެވިގެން ދާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް ކަމަށްޗެސް އެ ކުންފުނިން ބުންޏެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް