ads
ރައީސް މައުމޫން- ފޮޓޯ: ސަން
މިވަގުތު ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކަން މުހިންމު: ރައީސް މައުމޫން
ކޮވިޑް-19ގެ މިހާލަތުގައި މިސްކިއްތަކުގައި ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކަން ބެހެއްޓުން މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ވިދާޅުވީ ތިމާގެ ފުރާނައާއި ނަފްސު  ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމްކުރާކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން  ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭކަމަށް ސިއްހީމާހިރުން ލަފާދޭ ކަންތައްތައްކުރުން  ލާޒިމް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ

އިސްލާމިކް މިނިސްޓްރީއަށް ޓެގުކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ "އެހެންކަމުން މިވަގުތު ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކަން ކޮންމެހެން މުހިންމު" ކަމަށެވެ.

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވަމުން ދިޔުމުގެ ސަބަބުން އެޗްޕީއޭއިން ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަނެއްކާވެސް އަޅަން ފަށާފައެވެ. އަދި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައިވެސް ކޮވިޑްގެ ބޮޑެތި ކްލަސްޓާތަކާއި ގުޅިގެން މިސްކިތްތަކުގައި ޖަމާއަތް ހެނދުން މަނާކޮށްފައިވެސްވެއެވެ. 

މިހާލަތުގައި އެއްވެ އުޅުންވެސް މަނާާކޮށްފައިވާއިރު ރާއްޖޭގެ ހާލަތު ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ފަހުވެސް ކޮވިޑް ކޮންޓްރޯލް ވަމުން ނުދާތީ އެޗްޕީއޭއިން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 18،930 އަރާފައެވެ. އަދި ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދުވެސް އުޅެނީ 100އިން މަތީގައެވެ.  ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުތައް މިވަގުތައް ހުރީ އެއް ހަމައެއްގައި ހިފެހެއްޓިފައިކަން ފާހަގަކުރެވެއެވެ. އެގޮތުން މިވަގުތު ހޮސްޕިޓަލްގައި ފަރުވާދެމުންދަނީ 162 މީހުންނަށެވެ. 

ރާއްޖޭއިން މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 16،351 މީހުންނެވެ. އަދި ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް