ads
ކޮވިޑް-19ގެ ސީރޯސާވޭލަންސް ދިރާސާގެ ތެރެއިން--
ކޮވިޑް-19: ޕޮޒިޓިވްވި މީހުންގެ އަދަދު 19،000އިން މައްޗަށް!
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 19،000އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަނޑިއިރު ތެރޭގައި 4،388 ސާމްޕަލެއް ޓެސްޓް ކުރެވިފައިވާއިރު މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 76 މީހުންނެވެ. 

އަދި މާލެއިން ބޭރުގެ އަދަުތަކަށް ބަލާއިރު އަތޮޅުތަކުން 12 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހެއް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ފާއިތުވި 24 ގަނޑިއިރު ތެރޭ އިތުރު 108 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 19،058 އަރާފައެވެ. 

އަދި ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 167 އަރާފައެވެ. މިއީ ކުރިއާ އަޅާ ބަލާއިރު މަތީ އަދަދެކެވެ.

ރާއްޖޭއިން މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 16،542 މީހުންނެވެ. އަދި ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް