ads
އެކަހެރި ބައްދަލުވުމަށް ހާއްސަކޮށް ހުޅުމާލެ ޖަލުގައި ގާއިމްކުރި އިމާރާތް، ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ހުޅުއްވައިދެއްވަނީ-- ފޮޓޯ: ކަރެކްޝަންސް
ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދެން: ކަރެކްޝަންސް
ޖަލުތަކުގައި ގައިދީންނަށް އަސާސީ ހައްގުތަކަށް ހުރަސް ނާޅާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނެފިއެވެ.

އެ ސާވިސް އިން މިހެން ބުނީ، ގައިދީންނަށް އަސާސީ ހައްގުތައް ނުލިބޭކަމަށް ބުނެ ބައެއް ގައިދީންގެ އާއިލާ މީހުން ސީއެންއެމްއަށް ދިން މައުލޫމާތުތަކަކާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އާއި މި ނޫހުން ސުވާލުކުރުމުންނެވެ. 

ކަރެކްޝަނުން ބުނީ، ގައިދީންނަށް އެއް ގޮޅިއެއްގައި 60 އަށްވުރެ ގިނަ ގައިދީން ތިބޭއިރު ދެ ފާހާނަ ހުންނަކަމަށް ކުރާ ތުހުމަތުތަކަކީ ވެސް ދޮގެއް ކަމަށެވެ. އަދި ފެން ދިނުން ފަދަ އަސާސީ ހިދުމަތްތައް ވެސް އެއްވެސް މިންވަރަކަށް ހަނިކޮށްފައިނުވާނެކަމަށެވެ. 

"އެއްގޮޅިއެއްގައި 60 މީހުން ތިބޭ ވާހަކައާ ދެ ފާހާނަ ހުންނަ ވާހަކަ އެއީ ތެދު މައުލޫމާތެއް ނޫން. ފެން ވެސް ވަކި ވަގުތަކަށް ކަނޑައެއް ނުލަން. އަބަދު ވެސް ހުންނާނީ ހުރިހާ ގޮޅުއަކަށް ވެސް ފެން ދޫކޮށްފަ. ނަމަވެސް ޕްރެޝަރު ދަށް ވެގެން ފެން ކެނޑުން ފަދަ ކަމެއް ދިމާވެދާނެ، އެ މައްސަލަތައް ވެސް މިދަނީ ހައްލުކުރަމުން،" - ކަރެކްޝަންސް-

ކަރެކްޝަންސް އިން ބުނީ، ޖަލުތަކުގައި ތިބި މަސްތުވާތަކެއްޗާއި ގުޅުން ހުރި ކަންކަމުގައި ވެސް ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި ޖަލުތަކުން ހަރުކަށި ފަތުރާ މައްސަލަ ހައްލުކުރުމަށް ދާދިފަހުން މާފުށީ ޖަލުގައި ހަރުކަށިފިކުރުގެ މީހުންނަށް ހާއްސަ ޔުނިޓެއްވެސް ގާއިމްކޮށްފައިވާނެކަމަށެވެ. 

ޖަލުތަކުގައި ޕެރޯލްގެ ހައްގު ނުލިބޭކަމަށް ގައިދީން ބުނި ނަމަވެސް، ޕްރޯލްގެ ކަންކަމަކީ ވަކި ބޯޑަކުން ކުރިއަށް ގެންދާކަމެއް ކަމަށާއި، އެ ކަމާއި ގުޅިގެން ކަރެކްޝަންސްއިން ބުނާނެ އެއްޗެއް ނެތްކަމަށެވެ. ނަމަވެސް، ޝަރުތުހަމަނުވާ ގިނައަދަދެއްގެ ގައިދީން ވެސް ޕެރޯލް އަށް އެދޭކަން ފާހަގަކުރެވިފައިވާކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

މީގެ އިތުރުން ވެސް ގައިދީންގެ ބޭސް ފަރުވާގެ ކަންކަން ވެސް ވީ އެންމެ ރަނަގަޅަކަށް 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް