ads
ފޮޓޯ:އެޑިޝަން
ވެކްސިން ޖަހާ މީހުންގެ އަދަދުތައް ބޮޑުތަނުން ދަށަށް!
ކޮވިޑް-19އިން ރައްކާތެރިވުމަށް ފާއިތުވި 24 ގަޑިއިރުތެރޭގައި 4،962 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި އެވެ.

އެޗްޕީއޭއިން އާންމުކުރި އަދަދުތަކަށް ބަލާއިރު، މާލެ ސަރަހައްދުން މިއަދު 2،700 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން 2262 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. މިއީ ކުރިއާ އަޅާބަލާއިރު ބޮޑުތަނުން ދަށް އަދަދެކެވެ. 

މިއާއިއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 85،110 އަށް އަރާފަ އެވެ. މާލޭ ސަރަހައްދުގައި މާދަމާއިން ފެށިގެން 25 އަހަރުން މަތީ ފަރާތްތަކަށް ވެކްސިން ޖެހުން ކުރިއަށްދާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އަދި މީގެ ތެރޭގައި ދިގު މުއްދަތަކަށް ބައްޔަށް ފަރުވާ ކުރާ 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށްވެސް ވެކްސިން ޖެހުމުގެ ކަންކަން މާލޭ ސަރަހައްދުގައި ކުރިއަށް ދާނެއެވެ. 

އަދި އަތޮޅުތެރޭގައި 65 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިން ޖެހުމުގެ އިންތިޒާމް މިހާރު ހަމަޖެއްސި އެފަދަ ފަރާތްކަަށް ވެކްސިން ފޯރުކޮށްދެމުންދާއިރު އަތޮޅުތެރެއިންވެސް ދިގު މުއްދަތަކަށް ބައްޔަށް ފަރުވާ ކުރާ 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށްވެސް ވެކްސިން ޖެހުމުގެ ކަންކަން އަވަސް މުސްތަގުބޮލެއްގައި ހަމަޖެއްސުމަށް މަަސައްކަތްކުރަމުން ދާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މާލޭ ސަރަހައްދުގައި މިހާރު ވެކްސިންޖަހާ މީހުންގެ އަދަދުތައް ދަށްކަން ފާހަގަކުރެވޭ ކަމަށާއި ވެކްސިން ޖެހުމަށް ހަފްތާ ބަންދަށް މަޑުނުކޮށް އެހެން ދުވަސްތަކުގައި ވެސް ވެކްސިންޖެހުމަށް ސެންޓަރުތަކަށް ދިޔުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން މިހާރު އުމުރުންދުވަސްވީ މީހުންނާއި އެނދުމަތިވެފައިވާ ބަލި މީހުންގެ ގޭގެއަށް ގޮސް ވެސް ވެކްސިން ދިނުމުހެ ހިދުމަތް ދެއެވެ. އަދި ބަލިމީހުން ބެލުމުގައި ހަރަކާތްތެރިވާ މީހުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން މިއަދު ވަނީ އަންގާފައެެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް