ads
ޖިރޫ އެތްލެޓިކޯ ކޮޅަށް ލަނޑު ޖަހަނީ
ޗެމްޕިއަންސް ލީގު: ޖިރޫގެ ހިތްގައިމު ލަނޑުން ޗެލްސީއަށް އުފާވެރިކަން
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އޮލިވިއާ ޖިރޫ ޖެހި ހިތްގައިމު ލަނޑާ އެކު ޗެލްސީން އެތްލެޓީކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދައިފި އެވެ. ޗެލްސީގެ އަވޭ މި މެޗުން ޗެލްސީ މޮޅުވީ އެއް ލަނޑުންނެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާ ހުރެ، މި މެޗު ކުޅުމަށް ޗެލްސީއަށް ސްޕެއިނަށް އެތެރެ ނުވެވުމުން، މެޗު ކުޅުނީ ރުމޭނީއާގައެވެ. ރުމޭނިއާގައި ކުޅުނު ނަމަވެސް މިއީ އެތްލެޓިކޯގެ ހޯމް މެޗެކެވެ. އެހެންކަމުން ޗެލްސީއަށް އަވޭ ލަނޑަކާ އެކު މެޗުން މޮޅުވުމުން ކުއާޓާގެ ފުރުސަތުވަނީ ބޮޑު ވެފައެވެ. ދެވަނަ ލެގު ނުވަތަ ޗެލްސީގެ އަވޭ މެޗުން އެއްވަރުކޮށްލައިގެންވެސް މިހާރު އޮތް ގޮތުން ޗެލްސީއަށް ކުއާޓާއަށް ދެވޭނެއެވެ.

އެތްލެޓިކޯގެ މައްޗަށް ކުރި ހޯދި ލަނޑަކީ ދެވަނަ ހާފުގެ ތެރޭގައި އޯވަހެޑަކުން ޖިރޫ ޖެހި ލަނޑެކެވެ. ލަނޑު ޖެހިއިރު ޖިރޫ އޮފް ސައިޑު ޕޮޒިޝަނެއްގައި ހުރިނަމަވެސް ވީއޭއާރު ބެލުމުން އެނގުނީ ބޯޅަ ޖިރޫއަށް ލިބުމުގެ ކުރިން އެތްލެޓިކޯގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައިވާކަމެވެ. އެހެންކަމުން މި ލަނޑު ބަލައިގަންނަން ނިންމީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް