ads
އައްޑޫ ސިޓީ
އައްޑޫގައި އަދިވެސް އެކްޓިވް ދެ ކުލަސްޓާ އެބައޮތް
އައްޑޫ ސިޓީގައި ކޮވިޑް-19 ގެ އެކްޓިވް ދެ ކުލަސްޓާ އެބައޮތް ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުالله ސޯދިގު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ކާފިއު އުވާލާފައިވީ ނަމަވެސް ހުޅުމީދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު 7 ދުވަހަށް ދަމަހައްޓަން ވަނީ އެޗްޕީއޭއިން ނިންމާފައި ކަމަށެވެ.

އަދި މިހާރު އައްޑޫގައި ތިން ކުލަސްޓާއެއް އޮތްކަން ފާހަގަކުރައްވަމުން ސޯދިގު ވިދާޅުވީ އޭގެ ތެރެއިން އެކްޓިވްކޮށް އުޅެނީ މީދޫ ކުލަސްޓާއާއި އޭވިއޭޝަން ކުލަސްޓާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ފެނުނު މީދޫ ކުލަސްޓާގައި މިހާރު ވަނީ 57 ރޭމްޑަމް ސާމްޕަލްއެއް ނަގާފައި ކަމަށާއި މުޅި އައްޑޫއިން ޖުމްލަ 2754 ރޭމްޓަމް ސާމްޕަލް އެއް ވަނީ ނެގިފައި ކަމަށް ވެސް ސޯދިގު ވިދާޅުވި އެވެ.

އޭގެ އިތުރުން ސޯދިގު ވިދާޅުވީ ގުޅިފައިވާ އަވަށްތަކަށް ލުޔެށް ދީފައިވީ ނަމަވެސް އަދިވެސް މުޅި އައްޑޫ ސިޓީ އޮޓީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.

ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މުޅި އައްޑޫ ސިޓީ މޮނީޓަރިންއަށް ލާފައިވަނީ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އެއީ އައްޑޫގެ ގުޅިފައިވާ ރަށްތަކާއެކު މުޅި އައްޑޫ މޮނީޓަރިންއަށް ލާފައިވަނީ، ހިތަދޫ، ފްލޫ ކްލިނިކަށް ދިޔަ ދެ މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. 

އޭވިއޭޝަން ކްލަސްޓާގެ ގޮތުގައި ވަކިކުރެވުނު މި ކްލަސްޓާއިން މިހާތަނަށް 42 ފަރާތެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް މިކްލަސްޓާގައި މިހާރު ޕޮޒިޓިވް ވަމުންދަނީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތްތައްކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެ އެވެ.

އޭގެ އިތުރުން މިމަހުގެ ހަތަރު ވަނަ ދުވަހު އައްޑޫގެ ހުޅުމީދޫ އެމްޓީސީސީ ސައިޓުގައި ތިބި ބިދޭސީންތަކެއް ޕޮޒިޓިވްވުމާއެކު، އެރަށް މޮނީޓަރިން އަށް ލިއެވެ. ހުޅުމީދޫ މިކްލަސްޓައާ ގުޅިގެން މިހާތަނަށް 26 މީހުން ޕޮޒިޓިވްވެފައިވާއިރު، މީދޫ އަވަށުން ނެގި ރެންޑަމް ސާމްޕަލްއަކުން ދެ ފަރާތެއް ޕޮޒިޓިވްވިއެވެ. އޭގެ ފަހުން އެ ދެފަރާތާއި ގުޅުން ހުރި އިތުރު ހަ މީހަކު ޕޮޒިޓިވްވެ، ކްލަސްޓަރއިން ޕޮޒިޓިވްވި މީހުންގެ އަދަދު އަށަކަށް ވަނީ އަރާފައެވެ. 

ހުޅުމީދޫން އަލަށް ފެނުނު ކޭސްތަކާއި ގުޅިގެން އެރަށުގައި އިތުރު ހަތް ދުވަހަށް ފިޔަވަޅުތައް ދަމަހައްޓަން އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް