ads
ފޮޓޯ: އެމްއެންޑީއެފް
ވޭމަންޑޫ އިންޖީނުގެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި
ތ. ވޭމަންޑޫ އިންޖީނުގެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.

މިއަދު މެންދުރެއްހާއިރު އިންޖީނުގޭގައި ރޯވެފައިވާއިރު އެ ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ، ފެނަކައިން ބުނީ ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭ ވަރަށް އިންޖީނުތައް އެނދުމާ ގުޅިގެން އެރަށުގެ ކަރަންޓުގެ ހިދުމަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައި ކަމަށެވެ

އެހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މައާފަށް އެދިފައިވާއިރު ފެނަކައިން ބުނީ ވީއެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އާބާދީގައި 1000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ވޭމަންޑޫ އިން ކަރަންޓު ކެނޑި މުޅިތަން އެއްކޮށް އަނދާފައިވާއިރު އެރަށުން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ރައްޔިތުން ޝަކުވާ ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. 

ރައްޔިތުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާއިރު އެރަށަށް ކަރަންޓު ދެމުން އައީ ތިން ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. އެއީ 600 ކިލޯވޮޓާއި 500 ކިލޯވޮޓް އަދި 450 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. 

13%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް