ads
ހެލްތު މިނިސްޓްރީއާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް--
ހިޔާ މަޝްރޫއުގެ ކޮންޓްރެކްޓުގައި އަބަދުވެސް އޮތީ ފިނިޝިން މަސައްކަތް ނުހިމަނާ: މިނިސްޓަރު
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތައް އެޅުމަށް ހަދާފައިވާ ކޮންޓްރެކްޓުގައި އެއްވެސް އިރެއްފައި ފިނިޝިން މަސައްކަތް ހިމަނާފައި ނެތްކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ފްލެޓްތައް އަންނަ މާޗް މަސް ނިމެން ވާއިރަށް ހަވާލުކުރެވޭނެވަރު ވާނެ ކަމަށާއި، ނަމަވެސް އެތަނުގައި ދިރިއުޅެވޭނެ ފެންވަރަށް ފިނިޝިން މަސައްކަތް ކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށެވެ. 

އެގޮތުން މިނިސްޓަރު ވަނީ އެތަނުގެ އެޕާޓްމަންޓުތަކުގެ ތެރޭގައި ބޮކި ފަންކާ ނުހުންނާނެ ކަމަށާއި، ތަށިމުށި ޖަހާފައި ނެތް ކަމަށާއި، އަދި ފާހާނާ އާއި ކޮޓަރިތަކުގެ ދޮރުވެސް ނެތްކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ. މިކަމާއި ގުޅޭގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މި މަޝްރޫއުގެ ކޮންޓްރެކްޓުގައި އެންމެ ކުރިންވެސް އޮތީ ފިނިޝިން މަސައްކަތް ނުހިމަނާ ކަމަށާއި، އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވިފަހުންވެސް އެ ކޮންޓްރެކްޓަށް އެއްވެސް ބަދަލެއްވެސް ގެނެސްފައި ނުވާކަމަށެވެ. 

އަދި ފިނިޝިން މަސައްކަތް ކުރުމަށް ސަރުކާރުން ފާއިތުވި ދެއަހަރުގެ ތެރޭގައިވެސް މަސައްކަތް ނުކުރީ، ފްލެޓްތަކުގެ މަސައްކަތް ކޮށްފައި ހުރީ އޮތުމުގެ އަގު ވަރަށް ބޮޑުވާނެ ގޮތަށް ކަމުން، ފްލެޓްތައް ލިބޭ ފަރާތްތަކުން ބޭނުންވާ ފެންވަރެއްގައި ބޭނުންވާ ކޮލިޓީއެއްގައި އެ މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. 

އެގޮތުން މިހާރުވެސް ކޮންމެ އެޕާޓްމަންޓެއްގެ އަގު އެހާ ބޮޑުވާއިރު ފިނިޝިން މަސައްކަތްވެސް ސަރުކާރުން ކޮށް ނިންމައިފިނަމަ ދެވޭ އަގު އިތުރަށް ބޮޑުވެގެންދާނެކަމަށް މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ މިހާރު ކުރެވެމުންދަނީ، ފްލެޓްތައް ހަވާލުކުރުމުގެ ކުރިން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތުގެ ތެރެއިން 8 ކަމެއް ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތް ނިންމާލައި މާޗް މަހުގެ ފަހުކޮޅު ފްލެޓްތައް ހަވާލުކުރެވޭ ވަރުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް