ads
ބީއެމްއެލް އިން ވަނީ 10 ސްކޫލެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ހަދިޔާ ކޮށްފައި --- ފޮޓޯ: ބީއެމްއެލް
10 ސްކޫލެއްގެ ސެން ކްލާހަށް ބީއެމްއެލް އިން އެހީ ފޯރުކޮށްދީފި
ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަން އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކަށް ބޭނުންވާ ތަކެތި ބީއެމްއެލް އިން މިއަދު ހަދިޔާ ކޮށްފި އެވެ.

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން ސެން ކްލާސްތަކުގައި ކުދިންނަށް ކިޔަވާ ދިނުމަށް ހަދިޔާ ކޮށްފައިވާ ތަކެއްޗަކީ އެ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމުގެ އިތުރުން އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ތަކެއްޗެއެވެ.

އެގޮތުން މި ތަކެތި ހަދިޔާ ކޮށްފައިވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. އަަތޮޅު ތައުލީމީ މަރުކަޒު، ޅ. އަތޮޅު ތައުލީމީ މަރުކަޒު، ކ. އަތޮޅު މަދަރުސާ، އއ.މަތިވެރި ސްކޫލު، އއ.ފެންފުށި ސްކޫލު، ދ. އަތޮޅު ތައުލީމީ މަރުކަޒު، ލ. އަތޮޅު ތައުލީމީ މަރުކަޒު، މުހައްމަދު ޖަމާލުއްދީން ސްކޫލު އަދި ސ. އަތޮޅު މަދަރުސާ ގެ ސެން ކްލާސްތަކަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ. 

your imageބީއެމްއެލް އިން ވަނީ 10 ސްކޫލެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ހަދިޔާ ކޮށްފައި --- ފޮޓޯ: ބީއެމްއެލް 

ބީއެމްއެލްގެ މި އެހީތެރިކަމާއެކު މި 10 ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވަމުން އަންނަ 400 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައި ދިނުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މި އެހީތެރިކަމަކީ ބީއެމްއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށް ބީޢެމްއެލް އިން ބުނެއެވެ. އަދި އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ފާއިތުވި އަހަރު އެކުންފުނިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާ ކޮށްފައިވާނެ ކަމަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 65 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާ ކުރި ކަމަށް ބީއެމްއެލްއިން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް