ads
ނައިބުު ރައީސް ފައިސަލް ނަސީމް
ނައިބްރައީސް އެޑްމިޓްކޮށްފި
ނައިބްރައީސް ފައިސަލް ނަސީމް އެޑްމިޓްކޮށްފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައީސް އެޑްމިޓްކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށެވެ. 

އެޑްމިޓް ކުރީ ގަދަ ހުމެއް އައިސްގެންކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. 

"ގެންދަވަނީ އިތުރު ފަރުވާހޯދުމަށް ބޭނުންވާ ޓެސްޓުތައް ހަދަމުން. އަވަސް ޝިފާއަކަށް އެދެން،" - މަބްރޫކް

ނަމަވެސް ކޮވިޑް 19 އަށް ނައިބު ރައީސް ނެގެޓިވް ކަމަށްވެސް ތަރުޖަމާން މިއަދު ހާމަކުރެއްވިއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް