ads
ވީޑިއޯ ރިޕޯޓް-
އަންހެނުންގެ ހައްގު ހޯދަން އުޅުމުގައި ފިރިހެނުންގެ ހައްގު ގެއްލުނީ!؟
ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ އަދި ރޭޕްކުރުމާއި ގެވެށި އަނިޔާ ފަދަ މައްސަލަތައް އާންމުކޮށް ތިލަވެގެން އަންނަނީ ކޮންމެވެސް އެފަދަ ކަމެއް އަންހެނަކަށް ކުރިމަތިވެގެންނެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ގިނައީ އެ ފަދަ ކަމެއްގެ ޝިކާރައަކަށް އަންހެނަކު ވެގެންނެވެ. މިހެން ބުންޏަސް މަދު މަދުން ފިރިހެނުންނާއި ފިރިހެން ކުދިންނަށް ވެސް މިފަދަ ކަންކަން ކުރިމަތިވެގެން ރިޕޯޓްކުރެ އެވެ.

ކޮންމެއަކަސް މަގުމަތިން އަންހުންނާއި ފޮށުމާއި އަނިޔާކުރުމާއި ފުރައްސާރަ ކުރުމަކީ ވެސް މި ކުޑަކުޑަ މުޖުތަމައުގައި ވެސް ވަކި ހިއްޕާފައިވާ އާދަ އެކެވެ. މިފަހުން މީހުން ހޭލުންތެރިވެފައިވާ މިންވަރުގެ ބޮޑުކަމުން، އެފަދަ ކަމެއް ކުރިމަތިވިޔަސް، ލަދު ކަނޑާލާއި، އިންސާފު ހޯދުމަށް އެކަމުގެ ޝިކާރައަށްވާ ކުއްޖާ ނިކުންނަނީ ސޯޝަލް މީޑިއާއަށެވެ. ގިނަ ފަހަރަށް އިންސާފު ޔަގީންވަނީ ވެސް ސޯޝަލް މީޑިއާގައި ވައިރަލްވެ، އެކަމަށް ރައްޔިތުންގެ ރުޅިގަނޑު ބޭލުމުންނެވެ.

ރާއްޖޭގެ ހާލަތު މިފަދަ ގޮތަކަށް އޮތުމާއެކު ސޯޝަލް މީޑިއާގައި ކަން ހިނގި ގޮތް ބަޔާންކޮށް ފުރައްސާރަ އާއި ފޮށުން ފަދަ ކަންކަމުގެ ވާހަކަ ދައްކާ މިންވަރު ގަދަ އެވެ. އެއާއެކު އަންހެނުންގެ ހައްގޭ ކިޔާއި އެތައް މިތަނުން މީހުން ނިކުމެ އެވެ. އޭގެ ތެރޭގައި ފިރިހެނުން ވެސް މަދެއް ނޫނެވެ. 

އަންހެނުންނަށް ވެސް މަގުމަތީގައި ހަމަޖެހިލައިގެން ހިނގާލުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށާއި އަންހެން ކުއްޖަކު ކިތަންމެ ދަންވަރަކު އެކަނި ދިޔަސް އަދި ލައިގެން އުޅޭ ހެދުން ކުރުވުމަކީ ފޮށެން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނެ އަންހެނުންގެ ހައްގުގައި މީހުން ވާހަކަ ދައްކަ އެވެ. 

އެކަމަކު މިފަހުން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގެ ވާހަކަ ދައްކާލާނެ މީހަކު ނުވުމުން އަޖައިބު އަންތަރީސްވަމެވެ. މަގުމަތީގައި ސައިކަލެއްގެ މަތީގައި އިން ފިރިހެނެއްގައި ގައިގައި އަންހެނަކު ޖަހާއި މަންޒަރު ވީޑިއޯ އިން ފެންނަނީ ރޯމާ ދުވާލުގެ ވަގުތުގަ އެވެ. މާލޭގެ ހަލަބޮލި މަގެއްގައި މިކަމެއް ހިނގިއިރު އެ ކަމެއް ހިނގި ވަގުތު ވެސް މީހެއްގެ މާބޮޑު އަޅާލުމެއް ފެނިގެން ނުދެ އެވެ. ތަފާތު އެކި ދިމާ ދިމާލުން މީހުންގެ ފޯނުތައް ދިއްކޮށްގެން އެންމެން ވެސް ތިބީ އެވަގުތު އެ ސަރަހައްދުގައި ކުރިއަށްދިޔަ ޒުވާބު ރިކޯޑުކޮށްލާށެވެ.

ވީޑިއޯ އިން ވަރަށް ސާފުކޮށް އަންހެން މީހާ،، ފިރިހެން މީހާގެ ގައިގައި ޖަހާ މަންޒަރު ފެނިގެންދާއިރު އެ މަންޒަރުގެ ސްކްރީންޝޮޓް ނަގައި އަނެއް ބަޔަކު އުޅުނީ މީމެއް ތައްޔާރުކޮށް ސޯޝަލް މީޑިއާގައި ދައުރުކުރާށެވެ. އެކަމަކު މިއީ އަންހެނަކަށް ކުރިމަތިވި ކަމެއްނަމަ އެކަން އެގޮތަށް ކުރީސްތޯ ހިތާ ހިތާ ސުވާލު ކޮށްލާށެވެ.

ފިރިހެނެއްގެ ގަޔަށް ބޮލަށް އަންހެނަކު އެރުމަކީ މާބޮޑު ކަމަކަށް ހަދާނެ މީހަކު ސޯޝަލް މީޑިއާއަކުން ނުފެނުނެވެ. އެކަމަކު އެއީ އަންހެނެއްގެ ގައިގައި ޖަހާ، ވީޑިއޯއެއް ނަމަ ހަމަ ޔަގީނުން ވެސް ސޯޝަލް މީޑިއާ ކެކި އެރީހެވެ. އަންހެނުންގެ ހައްގުތަކުގެ ވާހަކަ ފެށީހެވެ. 

ކުޅި ބަލަން މަގުމަތީގައި ތިބި މީހުންނަށް ވެސް އެކަން ރިޕޯޓްކޮށްލުމުގެ ހިތްވަރު ނުލިބުނުއިރު ސޯޝަލް މީޑިއާގައި ވައިރަލްވެގެން ވެސް އެ އަނިޔާގެ ޝިކާރައަކަށްވި މީހާއަށް އިންސާފު ހޯދައިދޭން ގޮވާލާނެ އަޑެއް ނެތުމަކީ ހައިރާންވާން ޖެހޭ ކަމެކެވެ. އިސްވެ މައްސަލަ ބަލާނެ އިދާރާއެއް ވެސް މިއަދު ފެންނަން ނެތީ އެކަމަކީ ހަމަ ފިރިހެނަކަށް ދިމާވި ކަމަކަށްވުމުންތޯ މިއީ އުފެދޭ ސުވާލެކެވެ. ނޫންނަމަ އަންހެނުންގެ ހައްގުތައް ހޯދަން އުޅުމުގެ ތެރޭގައި މި ރާއްޖެއަށް ފިރިހެނުންގެ ހައްގުތަކަކީ އޮންނަ އެއްޗެއްކަން ހަނދާނުން ކައްސާލީތޯ އެވެ. 

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް