ads
އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ: ފޮޓޯ ސަން
"ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމު ދަންނަ މަފްހޫމެއް ނޫން"
ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމު ދަންނަ މަފްހޫމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޑރ. ދީދީ މިރޭ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން މި ބައްދަލުވުމުގައި ރިފްއަތު ވަނީ ކޯލިޝަން އެއްބަސްވުމެއް ހެދުމަށް ގާނޫނީ ހުރަހެެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ނޫހަކުން ލިޔެފައިވާ ހަބަރެއް ހިއްސާ ކުރައްވަމުން ޑރ. ދީދީ ވިދާޅުވީ މިއީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމު ދަންނަ މަފްހޫމެއް ނޫން ކަމަށެވެ.

ޑރ. ދީދީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކެބިނެޓް އެކުލަވާލުމުގެ ބާރަށް ނުފޫޒު ފޯރާނެ ފަދަ ގޮތަކަށް އެކުލަވާލެވޭ އެއްބަސްވުމެއް ދުސްތޫރީގޮތުން ސައްހަވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް