ads
އިންޑިއާ ސަފީރު ސަންޖޭ ސުދީރު--
ވިސާ ކިއުގެ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް، އޮންލައިން ކުރާނަން: އިންޑިއާ
ދިވެހިން އިންޑިއާގެ ވިސާ ހޯދުމަށް އިންޑިއަން ހައި ކޮމިޝަން ދޮށުގައި ކިއު ހަދައިގެން ގިނަވަތު ހުންނަންޖެހޭ މައްސަލަ ހައްލުކޮށް، އެ ހިދުމަތް އޮންލައިން ކުރާނެކަމަށް ރާއްޖޭގައި އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވެފައިވާ ދަތިތަށް ހައި ކޮމިޝަންއަށް ވަނީ ފާހަގަކުރެވިފައިކަމަށެވެ. 

އިންޑިއާ ހައިކޮމިޝަނުން ބުނީ ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދުކުރެވިފައިކަމަށެވެ. ނަމަވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން ޖޫން 2020 އިން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިހާތަނަށް 5000 މެޑިކަލް ވިސާ ދޫކުރެވިފައިވާ އިރު 2021 ގައި އެކަނިވެސް 2000 މެޑިކަލް ވިސާ ވަނީ ދޫކުރެވިފައިކަމަށް އިންޑިއާއިން ބުނެއެވެ. 

"މެޑިކަލް ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ޓޯކެން ސިސްޓަމް ސްޓްރީމްލައިންކޮށް ވިސާ ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ދަނީ މަސައްކަތްކުރެވެމުންނެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ހައްލެއް ލިބިގެންދާނެއެވެ،" - އިންޑިއާ

ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކާއިމެދު ހިތާމަކުރާހާލު، ވީ އެންމެއަވަހަކަށް މި މައްސަލައަށް ސްޓްރީމްލައިން ހައްލެއް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އަރުވާކަމަށް ވެސް އިންޑިއާ އިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް