ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--
ލޮކްޑައުނެއް ބޭނުންނޫން ނަމަ ފިޔަވަޅުތައް ހަރުކަށިކުރަންޖެހޭ: ފައްޔާޒް
ލޮކްޑައުންއަކަށް ދާން ބޭނުން ނުވާނަމަ ހަރުކަށި ފިޔަވަޅުތަކެއް ވީހާވެސް އަވަހަކަށް އަޅަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިރޭ މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަގުތަށް އިކޮނޮމިކް މިނިސްޓްރީން އެކި ވިޔަފާރިތައް އިންސްޕެކްޓު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލާނެ ކަމަށެވެ.

މިނިސްޓްރީން މިކަން ހުއްޓާލި ނަމަވެސް އެޗްޕީއޭ އަދި ފުލުހުން ގުޅިގެން އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މީގެ އިތުރުން މިހާތަނަށް އިންސްޕެކްޓު ކުރެވުނު ވިޔަފާރިތަކަށް ބަލާއިރު، ގިނަ ތަންތަނުން އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރާކަން ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މި ޓުވީޓު އަމިއްލައަށް ޜީ-ޓުވީޓު ކުރައްވާ މިނިސްޓަރު ވިދާޅުވީ، ލޮކްްޑައުން ދިއުން ބޭނުން ނުވާ ނަމަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި މިއީ ހުރިހާ ވިޔަފާރިތަކާއި ވަކިވަކި ފަރުދުން އެޗްޕީއޭގެ ގައިޑްލައިިނުތަކާއި އެއްގޮތަށް އަމަލު ކޮށްގެން ވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވި އިރު، ވެރިރަށް މާލޭގެ ހާލަތު އޮތީ ލޮކްޑައުން ކުރަންޖެހޭ ވަރަށް ގޯސްވެފައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ވަނީ މިއަދު ވިދާޅުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް